Wednesday, 19 June 2024

ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީ މަޑުކުރެވޭ ގޮތް ހަދައި ލުއިފަސޭހަކޮށްދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް މަޑުކުރެވޭ ގޮތް ހަދަން ނިންމައިފިއެވެ.

އެމްއޭސީއެލްއިން ހާމަކުރައްވާ ގޮތުގައި، މާދަމާއިން ފެށިގެން އެ ބަދަލު ގެންނަނީ ޑޮމެސްޓިކް ޓާމިނަލް ބޭނުން ކުރާ ފަރާތްތަކަށް މިހާރަށް ވުރެ ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

މީގެ ކުރިން މާލެ އާއި ހުޅުމާލެއިން އެއާޕޯޓަށް ދާ ޓެކްސީ މަޑުކުރަނީ އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށެވެ.

މިބަދަލާއެކު ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީ މަޑުކުރެވޭ ގޮތް ހެދި ކަމުގައިވިޔަސް، އެއާޕޯޓުން ޓެކްސީ ނަގަން ދާން ޖެހޭނީ މިހާރު ވެސް އޮންނަ ގޮތަށް، އިންޓަނޭޝަނަލް ޓާމިނަލް ކައިރީގައި އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހައްދަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު