އޭނާ އިންތިޚާބު ކޮށްފިނަމަ ކާށިދޫ ދާއިރާގެ ކޮންމެ ގޭބިސީއަކަށް މަދުވެގެން މަހަކު 1000 ޑޮލަރު ވައްދާނެ ކަމަށް ފޭދޫ ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އިންތިޚާބު ކޮށްފިނަމަ ކާށިދޫ ދާއިރާގެ ކޮންމެ ގޭ ބިސީއަކަށް މަދުވެގެން މަހަކު 1000 ޑޮލަރު ވައްދާނެ ކަމަށެވެ.
"އަޅުގަނޑު އިންތިޚާބު ކޮށްފިނަމަ ކާށިދޫ ދާއިރާގެ ކޮންމެ ގޭ ބިސީއަކަށް މަދުވެގެން މަހަކު 1000 ޑޮލަރު ވައްދާނަން !" އަލްހާން ވިދާޅުވިއެވެ.
އޭނާ މަޖިލިހަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ޤާނޫނާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ގިނަ ދައުވާތަކެއް ކުރަން ދައުލަތުން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ.
ޕީޖީ އޮފީހުން ވިދާޅުވެފައިވަނީ، އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާކުރީ އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ކަމަށެވެ. އެއިން ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރަން ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި އެ މައްސަލާގެ އިތުރު ބައިތަކެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ ބައިތަކުގެ ތަހުގީގު ނިމުމުން އެ މައްސަލަތަކާ މެދު އެ އޮފީހުން ފަހުން ގޮތެއް ނިންމާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެ މައްސަލާގައި ކިންގްސް ކުންފުނީގެ އެކައުންޓްތައް ވެސް ބޭންކުން ފްރީޒްކުރިއެވެ. ނަމަވެސް އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމީ އެ ކުންފުނީގެ އެކައުންޓްތައް ހިފެހެއްޓީ ޤާނޫނާ ހިލާފަށް ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އިންވެސްޓް ކުރި މީހުނަށް ލާރި ނުދީ އެހެން ސްކޭމް އެއް ހަދާގެން މިހާރުވެސް އުޅެނީ. ކްރިޕްޓޯ ކޮޕީ ޓްރޭޑިންގ އޭ ކިޔާގެން މިހާރުވެސް މީހުން ފޭރެނީ. މީނާ ހޮވަން ހެޔޮ ނުވާނެ!
މީނާގެ ކަމަކީ ވިސްނުންކޮށި ބައަކު ބެބޫހައްދައިގެން އެމީހުންގެ ފައިސާކޮޅު ކާލުން. މިހާރު އަނެއްކާ އެކުރިމަތިލަނީ މަޖިލީހަށް. އެތައްބަޔަކަށް އޮޅުވާލައިގެން ފައިސާ ހޯދާމީހެއްކަމަށް ނޫސްތަކުގައާއި މުޅި ސޯޝަލްމީޑިއާގައި މީނާގެ ވާހަކަ ޖަހާފައިވާއިރުވެސް އަދިވެސް އެއުޅެނީ ހަމައެމަސައްކަތުގައި. މީނާއަކީ ސިނކުޑި ހަމަޖެހޭ މީހެއްތޯ ބަލަން އެބަޖެހޭ.
ފުރަތަމަ މީހުން އަތުން އޮޅުވާލައިގެން ނެގި ފައިސާތައް ދައްކާފަ އަންގަ ހުޅުވާބަލަ!
ކަލޭ ފުރަތަމަ ކުއްޔަށް ހިފައިގެން އުޅޭ ތަނަށް ދައްކަންޖެހޭ 15 ހާސް ނުދެއްކޭ މީހަކު ކޮން 1000 ޑޮލަރެއް ދެވޭނީ؟ ދަރަނިބޯ ބޮޑު މަކަރުވެރިޔާ
ޥަގު ކަލޭގެ ފުރަތަމަ އަށް ކަލޭ މީހުން އަތުން ކެއި ލާރިގަނޑު ދީފަ ތިވާހަކަ ދައްކަބަލަ ހަޔާއްކުޑަ، ބާރުތަކުތެރެއަށް ވަދެގެން ކަލޭ ބޭނުނަވާ ގޮތައް ކަންކުރަންތަ، ކަލޭ ހީކުރީ ރައްޔިތުން ހަނދާން ނެތުނީ ކަމައްތަ