Saturday, 25 May 2024

ދުންޔާ މައުމޫން ޕީޕީއެމް ޕީއެންސީ ޕްރައިމަރީއަށް ފޯމު ހުށަހަޅުއްވައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ބާނީ ރައީސް މައުމޫންގެ ދަރިކަނބަލުން، ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.

އެކަމަނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކަމަނާ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ހުށަހެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ކަމަށެވެ.

އެކަމަނާގެ އުއްމީދަކީ އެ ފުރުޞަތު ދެއްވައިފިނަމަ، ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް ހުޅުމާލެ ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނެވުން ކަމަށް ދުންޔާ ވިދާޅުވިއެވެ.

އަދި ދާއިރާގެ އެންމެހައި މެންބަރުންގެ ތާޢީދަށް އެދިވަޑައިގަންނަވަމުން، އެކަމަނާއަށް އިތުބާރުކުރައްވައި އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

އެކަމަނާ ޕީޕީއެމަށް ސޮއި ކުރެއްވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ހުޅުމާލޭގައި ބޭއްވި އެ ޕާޓީގެ ކެމްޕޭން ޖަލްސާއެއްގައެވެ. ދުންޔާ މައުމޫނުގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީޕީއެމް ޕީއެންސީގެ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.

އެކަމަނާ ދެވަނަ ފަހަރަށް ޕީޕީއެމަށް ސޮއި ކުރެއްވިއިރު ދުންޔާ މައުމޫނަކީ އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައި އޮތް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސެވެ.

ބައްޕާފުޅު މަައުމޫނާ އެކު މީގެ ކުރިން ދުންޔާ ވަނީ ޑީއާރުޕީއާއި ޕީޕީއެމްގައި ވެސް މަސައްކަތް ކުރައްވައިފައެވެ. މިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ދުންޔާ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ. އެހެންނަމަވެސް އެ ޕާޓީގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު އެ މަގާމުން އިސްތިއުފާދެއްވީއެވެ.

އޭގެ ފަހުން އަނެއްކާ ވެސް ޕީޕީއެމާ ގުޅި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.

ދުންޔާ އެމްއެމްޕީއާ ގުޅުނީ މިދިޔަ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *