ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެމަނިކުފާނު އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ސޮއިކުރައްވައިފިއެވެ.
އެމަނިކުފާނު އެ ޕާޓީއަށް ސޮއިކުރެއްވީ މިރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޕާޓީއަށް ސޮއި ކުރެއްވި ފޯމް ހަވާލު ކުރައްވާފައިވަނީ ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ރައީސް ޞާލިޙްގެ ސަރުކާރުގައިވެސް މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހް ޖަމާލްއާއެވެ.
ރައީސް ޔާމީން ގެ ދަރިކަލުން ޒޭން ގެ ނަމުގައި ޕީއެންއެފް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައި ވަނީ 29 ނޮވެމްބަރު 2023 ގައެވެ.
ޕީއެންއެފް އުފައްދާފައިވަނީ ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ރައީސް ޔާމީން އާއި ދުރަށް ޖެހިވަޑައިގެން، ކަންކަމުގައި އެމަނިކުފާނުގެ މަޝްވަރާ ނުހޯއްދަވައި ނިންމެވުންތައް ނިންމަވަމުންދާ ކަމަށް އެމަނިކުފާނަށް ދެކެވޭތީ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ޙަރާކާތްތެރިވާ މަލީހްއާއި ޖަމީލް ވިދާޅުވެއެވެ.