Saturday, 22 June 2024
އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަނުކުރައްވަން ނިންމަވާފައިވާ ޑރ. އިރުތިޝާމް އާދަމް

ޚާރިޖީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އިރުތިޝާމް، ޔޫކޭ ސަފީރަކަށް ކަނޑައަޅަނީ

އިގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރުމަށްޓަކައި، ކުރީގެ ވަޒީރު ޑރ. އިރުތިޝާމް އާދަމްގެ ނަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

އިރުތިޝާމްގެ ނަންފުޅު، މަޖިލީހަށް ހުށަހެޅުމުން މަޖިލީހުންވަނީ އެކަން ދިރާސާކުރުމަށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް މިއަދު ފޮނުއްވާފައެވެ.

އިންޓަރނޭޝަލް ސްޓަޑީއިން ޑިސްޓިކްޝަނާއެކު ޕީއެޗްޑީ ޙާޞިލުކުރައްވާފައިވާ، ޑރ. އިރުތިޝާމްއަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކަށް، ޚާރިޖީ ދާއިރާގައި މަސައްކަތްކުރެއްވި ކުޅަދާނަ ޑިޕޮލޮމެޓިކެކެވެ.

ބޭރުދުނިޔޭގައި ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތްކުރައްވައި، ޖެނީވާގައި ހުންނަ ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުގެ އެމްސެޑަރ، ޕާމަނަންޓް ރިޕްރެޒެންޓޭޓިވް އޮފް މޯލްޑިވްސް ޓު ޔޫއެން އޮފިސަސްގެ މަޤާމް އަދާކުރައްވައި ރާއްޖޭގެ ތަަސައްވުރު ފުރިހަމަގޮތެއްގައި ފޯރުކޮށްދެއްވުމަށް އެކަމަނާ މަސައްކަތްތަކެއް ކުރެއްވިއެވެ.

ޑރ. އިރުތިޝާމް، 25 އަހަރު ޚާރިޖީ ދާއިރާގައި ހިދުމަތް ކުރެއްވިއިރު ބައެއް ޤައުމުތަކުގައި ހުންނަވާ ދިވެހި ސަރުކާރުގެ ސަފީރު ކަންވެސް ކުރައްވާފައިވެއެވެ.

ޑރ. އިރުތިޝާމް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަންވެސް ކުރައްވާފައެވެ. އެކަމަނާގެ ވަޒީރުކަމުގައި ސިއްޙީ ދާއިރާއަށާއި ކުޅިވަރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވިއެވެ.

ޑރ. އިރުތިޝާމަކީ ޚާރިޖީ ދާއިރާގެ ތަޖުރިބާކާރެއްގެ އިތުރުން ސިޔާސީ ދާއިރާއިންވެސް ކުރިއެރުންތަކެއް ހޯއްދަވާފައިވާ، ލީޑަރޝިޕް ދައްކަވަމުން ގެންދަވާ ކާމިޔާބު ކަނބަލެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު