15 ޖަނަވަރީ 2025
19 ވަނަ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު ދޮންބިލެތް އަޙްމަދު ހަލމް މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ، ފޮޓޯ: މަޖިލިސް

ފުށިދިއްގަރު ޕްރޮޖްކްޓް އުނިކޮށް، މަޖިލީހުގެ ނައިބު ރައީސްގެ ވޯޓަށް ނުފޫޒު ފޯރުވަން ފައިސާ ބެހިކަމުގެ ތުހުމަތު

ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް އައު ސަރުކާރުން ފަށަން ނިންމާފައިިވާ ފުށިދިއްގަރު މަޝްރޫއު މި އަހަރުގެ ބަޖެޓުން އުނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ ވޯޓަށް ނުފޫޒު ފޯރުވަން އެމްޑީޕީން ބައެއް ދާއިރާތަކަށް އެ ފައިސާ ބަހާފައިވާ ކަމަށާއި، ފުށިދިއްގަރުގެ ބަދަލުގައި އެހެން ގިނަ ޕްރޮޖެކްޓް ހިމަނާފައިވާ ކަމަށް ބިލެތްދޫ ދާއިރާގެ އެ ޕާޓީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު މަޖިލިހުގެ ޖަލްސާގައި ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ދައުލަތުގެ އަންނަ އަހަރު ބަޖެޓްގައި ހިމެނި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ އުނިކޮށްފައެވެ. އެ މަޝްރޫޢު އުނިކުުރުމަށްފަހުު، މެންބަރުން ފާހަގަކޮށްފައިވަނީ، އެކަން އެގޮތަށް ކުރެއްވީ، ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅުން ބޯހިޔާވަހިކަން ދޭން ފަށާފައިވާ މަޝްރޫއުގެ އިތުރުން އަތޮޅު ތެރޭގެ ޕީއެސްއައިޕީއަށް އިސްކަންދޭން ކަމުގައެވެ.

ބަޖެޓު ރިޕޯޓަށް މިއަދު ބަހުސް ކުރައްވަމުން އެމްޑީޕީއަށް ތުހުމަތުތަކެއް ކުރައްވައި ދޮންބިލެތް ވިދާޅުވީ ބަޖެޓު އެކުލަވާލާފައި ވަނީ ބައެއް މެންބަރުން ޒާތީ ކަންކަން އިސްކުރައްވާފައި ކަމަށާއި ބަލައިނުގަނެވޭ އެތައް ކަމެއް ބަޖެޓުގައި ހިމެނުއްވި ކަމަށެވެ.

ބަޖެޓުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އުނިކުރީ ޖުމްލަކޮށް ގައުމު ތަރައްގީކުރުމުގެ ވިސްނުމެއްގައި ނޫން ކަމަށް ދޮންބިލެތް ފާހަގަކުރެއްވިއެވެ. އެއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެއްވި ކަމެއްކަމަށް ވިދާޅުވެ، އެމްޑީޕީއަށް ދޮންބިލެތް ތުހުމަތުގެ އިނގިލި ދިއްކުރެއްވިއެވެ.

ދޮންބިލެތް އެ އިޝާރާތްކުރެއްވީ، މަޖިލިސް ނައިބު ރައީސަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް އިންތިޚާބުވި ވޯޓަށް ނުފޫޒު ފޯރުވަން ބަޖެޓުގައި ބައެއް ކަންކަން ހިމަނާފައިވާތީ ކަމަށް ބެލެވެއެވެ.

"މިއީ ދިވެހި ދައުލަތުގެ ބަޖެޓު ހަދާ ގޮތަށް ހަދާފައި އޮތް އެއްޗެއް ނޫން މިއީ ނައިބު ރައީސްގެ ވޯޓަށް ހަދާފައި އޮތް ބަޖެޓެއް،" ހަމީލް ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު މަޝްރޫއު އުނި ކުރުމަށް ފަހު ކޮންމެ މެންބަރެއްގެ ދާއިރާއަށް ހަތް މިލިއަން ރުފިޔާ ކަނޑައެޅި ކަމަށާއި، މަތިވެރި ދާއިރާ އަށް 18 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި އަލަށް ފަށާ 23 މަޝްރޫއު އެބައޮތް ކަމަށް ދޮންބިލެތް ފާހަގަކުރެއްވިއެވެ.

ހަަމައެހެންމެ މަގޫދޫ އެއާޕޯޓުގެ 70 ޕަސެންޓު ނިމިފައި އޮއްވައި އެއްކޮށް މަސައްކަތް ނިންމަން ބަޖެޓުގައި ފައިސާ ނުހިމަނައި ފަސް މިނެޓުން ދެވޭ ނިލަންދޫގައި އެއާޕޯޓު އަޅަން 40 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި ނަމަ ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށާއި ނަމަވެސް ވޯޓު ދޭނީ ބަޖެޓު ޤަބޫލު ކުރާތީ ނޫން ކަމަށެވެ.

މިއަދުގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު