Wednesday, 19 June 2024

މިސްކިތް ބިނާ ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ބިން ހަމަޖައްސައިދެނީ

މިސްކިތް ބިނާ ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ބިން ހަމަޖައްސައިދިނުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
އެވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ކުރެއްވެވި ޓްވީޓުގައި ވިދާޅުވެފައިވަނީ ވިޔަފާރިވެރިންގެ ތެރޭގައި މިސްކިތްބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަކު، ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަންބޭނުން ނަމަ ބިން ހަމަޖައްސައި ދިނުނާއި އެނޫން އިދާރީ ފަސޭހަތައް ހަމަ ޖައްސައިދޭން މިނިސްޓްރީން ނިންމާ ފައިވާ ކަމަށެވެ.

އެގޮތުން ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގައި މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާ ކަމަށް ވަޒީރު ޑރ ޝަހީމް ވަނީ ވިދާޅުވެފައެވެ. މިހާރުވެސް މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި އަމިއްލަ ފަރާތްތަކުން މިސްކިތްތައް ބިނާކޮށްފައިވެއެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު