ދިވެހިރާއްޖެއާއި ބޮޓްސްވާނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފި

ދިވެހިރާއްޖެއާ ބޮޓްސްވާނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސަރުކާރުން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ދަށުން، މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވުޒާރާގެ ސެކެޓްރީ، ބައިލެޓެރަލް، ހާލާ ހަމީދެވެ. އަދި ބޮޓްސްވާނާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު ޑރ. ލެމޯހަންގް ކްވާޕޭއެވެ.

ކުރިން ޢަމަލުކުރަމުން ގެންދިޔަ އުސޫލަށް ބަލާއިރުވެސް، އެއް ޤައުުމު އަނެއް ޤައުމަށް އިޙްތިރާމް ކުރާ ޤައުމުތަކާ ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރުމަކީ ދިވެހި ޚާރިޖީ ސިޔާސަތުގެ މުހިއްމު އަސާސެކެވެ. އެގޮތުން، ބޮޓްސްވާނާއާ ސިޔާސީ ގުޅުން ޤާއިމުކުރުމަކީ ދެ ޤައުމުގެ މަސްލަހަތު އޮންނަ ދާއިރާތަކުން އެއް ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް އިތުރަށް އެއްބާރުލުން ދިނުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ބޮޓްސްވާނާ އަކީ ދެކުނު އެފްރިކާގައި އޮންނަ، ގާތްގަނޑަކަށް 2.6 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ. މިއީ ޜާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކުރި 186ވަނަ ޤައުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *