Wednesday, 22 May 2024
43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި

މިފްކޯގެ ބޯޑު އެކުލަވާލަނީ ސީދާ މަސްވެރިންގެ ބައިވެރިވުމާއެކު

މިފްކޯގެ ބޯޑުގައި ސީދާ މަސްވެރިންގެ ބައިވެރިވުން ހިމެނޭގޮތަށް އެ ބޯޑުގައި މަސްވެރިން ތަމްސީލު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިފްކޯއަކީ މީގެފަހުން ދިވެހި މަސްވެރިންގެ ބައިވެރިވުމާއެކީގައި ހިންގާ ސައްތައިންސައްތަ ދިވެހި ސަރުކާރުގެ ގައުމީ ކުންފުންޏަކަށް ބަދަލުވެގެންދާނެކަމަށެވެ. އަދި މިކަން ހަގީގަތަކަށް ވުމުން، މިފްކޯ ވާނީ ހަމަ ހަގީގަތުގައިވެސް މުސްތަޤިއްލު ވަކި ކުންފުންޏަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިފްކޯއަކީ މީގެފަހުން ދިވެހި މަސްވެރިންގެ ބައިވެރިވުމާއެކީގައި ހިންގާ ސައްތައިންސައްތަ ދިވެހި ސަރުކާރުގެ ޤައުމީ ކުންފުންޏަކަށް ބަދަލުވެގެންދާނެ. މިކަން ޙަޤީޤަތަކަށް ވުމުން، މިފްކޯ ވާނީ ހަމަ ޙަޤީޤަތުގައިވެސް މުސްތަޤިއްލު ވަކި ކުންފުންޏަކަށް. މިބަދަލު ގެނައުމުގެ އެންމެބޮޑު އެއް ބޭނުމަކީ، މިފްކޯގެ ބޯޑުން ކަންކަން ނިންމޭއިރު، މަސްވެރިންގެ ބަސް، މަސްވެރިންގެ އަޑު އެކަމުގައި ހިމެނުން. އެކަމަށްޓަކައި މިފްކޯގެ ބޯޑުގައި ސީދާ މަސްވެރިންގެ ބައިވެރިވުން ހިމެނޭގޮތަށް އެ ބޯޑުގައި މަސްވެރިން ތަމްސީލު ކުރާނެ." ރައީސް ވިދާޅުވިއެވެ.

މިބަދަލު ގެނައުމުގެ އެންމެބޮޑު އެއް ބޭނުމަކީ، މިފްކޯގެ ބޯޑުން ކަންކަން ނިންމޭއިރު، މަސްވެރިންގެ ބަސް، މަސްވެރިންގެ އަޑު އެކަމުގައި ހިމެނުން ކަމަށާއި، އަދި އެކަމަށްޓަކައި މިފްކޯގެ ބޯޑުގައި ސީދާ މަސްވެރިންގެ ބައިވެރިވުން ހިމެނޭގޮތަށް އެ ބޯޑުގައި މަސްވެރިން ތަމްސީލު ކުރާނެ ކަަމަށް ރައީސް ވިދާޅުވިއެވެެ.

"މިފްކޯ ތަރައްޤީ ކުރުމުގައި އަދި މިފްކޯގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަދި މިފްކޯގެ ޕްރޮގްރާމްތައް ހިންގުމުގައި މަސްވެރިންގެ ސީދާ ބަސްކިޔާގޮތަށް، މަސްވެރިންގެ ޙައްޤުތައް ހޯދުމުގައި މަސްވެރިންގެ ބައިވެރިވުން އޮންނަ ގޮތަށް ކަންތައްތައް ބައްޓަންވާނީ. ސަބަބަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ ފަންނަކަށް ގެންނަންޖެހޭ އެންމެ ރަނގަޅު ބަދަލުތައް، އެންމެ ރަނގަޅަށް އެނގޭނީ ސީދާ އެ ފަންނެއްގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ބަޔަކަށް. އެހެންކަމުން، އަޅުގަނޑުގެ ގާތުގައި މަސްވެރިންނަކީ ވަރަށް އަގުހުރި ބައެއް. އެއީ، ރާއްޖޭގެ ކަނޑުފަޅުގެ ޙަޤީޤީ ޢިލްމުވެރިންނަކީ. އާދަޔާ ޚިލާފު ހުނަރުވެރިން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ރިޔާސީ ދައުރުގައި އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރެއްވީ ތުރުކީއަށް ކަަމަށާއި، މި ދަތުރުގައި އަޅުގަނޑުގެ އެއް މައުޟޫއެއް ކަަމަށް ކަނޑައެޅީ ދިވެހި މަސްވެރިކަމަށް ލާބައާއި މަންފާ ހޯދޭނެ ގޮތްތައް ފަހިކުރުން ކަަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *