ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އައްޔަން ކުރައްވައިފިއެވެ.
30 އަހަރަށް ވުރެ ގިނަ އަހަރު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާއިރު، ޝަހީބް ވަނީ ނޫސްވެރިކަމުގެ ދާއިރާއިން 2004 ވަނަ އަހަރު ހަވީރުގެ ރަން ގަލަން އެވޯޑު އަދި 2019 ވަނަ އަހަރު ނޫސްވެރިކަމުގެ އަލިމަސް ގަލަން އެވޯޑު ހާސިލްކޮށްފައެވެ. އަދި ލިޔުންތެރިކަމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގައުމީ އިނާމު، 2007 ވަނަ އަހަރު ލިބިވަޑައިގެންނެވިއެވެ.
ޝަހީބް ވަނީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަން އަދާކުރައްވާފައެވެ. އެ މަގާމުން ޝަހީމް އިސްތިއުފާދެއްވީ 2019 އަހަރު ބްރޯޑްކޮމްގެ މެންބަރުކަމުން އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.