15 ޖަނަވަރީ 2025

މާދަމާއިން ފެށިގެން ރުބެއްލާ އަދި އެމްއާރު ވެކްސިން ދޭން ފަށަނީ

މާދަމާއިން ފެށިގެން މީސްލްސް އަދި ރުބެއްލާއަށްދޭ އެމްއާރު ވެކްސިންގ ދޭން ފެށުމަށް ހަމަޖެހިފައިވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ވެކްސިން ދިނުމުގެ ކެމްޕެއިން މިއަހަރު ރަސްމީކޮށް ލޯންޗްކޮށްފައިވަނީ ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިކެމްޕެއިންގެ ދަށުން ދަމަނަވެށްޓާއި، އޭޑީކޭއާއި، ހުޅުމާލޭ ހޮސްޕިޓަލާއި ހުޅުމާލޭ ފެސް 2 ގައި ހުރި ޖީޕީ ކްލިނިކްގައިވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުންވެސް ވެކްސިން ދޭނެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ މެދުތެރޭގައި ރާއްޖެއިން ހިމަބިހީގެ ކޭސްތައްކެއް ފެނިފައިވާކަމަށާއި، މިބަލި އިތުރަށް ފެތުރުނަނުދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ޤައުމީ ކެމްޕެއިން ފެށުމަށް ނިންމީކަމަށާއި، ބުރާސްފަތި ދުވަހުން ފެށިގެން މިކެމްޕޭން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. މި ވެކްސިން ދޭނީ ޢުމުރުން 18 މަހާއި 49 އަހަރާއި ދެމެދުގެ ދިވެހިންނާއި ބިދޭސީންގެ ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަނުވާ ފަރާތްތަކަށެވެ.

ވެކްސިންގެ ތާރީޚަށް ބަލާއިރު، ރާއްޖޭގައި އެމްއާރް ވެކްސިން ތަޢާރަފްކޮށްފައިވަނީ 1983 ވަނަ އަހަރުގައެވެ. އޭގެފަހުން ރާއްޖޭގެ މީސްލްސް ރުބެއްލާ ވެކްސިން ކަވަރޭޖްވަނީ 95 އިންސައްތައަށްވުރެ މަތީގާއި ހިފަހައްޓާފައެވެ. މިކާމިޔާބީއާއެކު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވަނީ 2017 ވަނަ އަހަރު ހިމަބިހި އަދި 2020 ވަނަ އަހަރު ރާއްޖެއަކީ ރުބެއްލާ ނައްތާލެވިފައިވާ ޤައުމެއްގެގޮތުގައި ކަނޑައަޅާފައެވެ.

އެކަމަކު 2020 ވަނަ އަހަރު ރާއްޖޭގައި ޕީސީއާރް ޕޮޒިޓިވް މީސްލްސް ކޭސްތަކެއް ފެނުމާއި ގުޅިގެން މުޅި އަހަރު ރާއްޖެއަށް ހުޅުވާލައިގެން އެމްއާރް ވެކްސިން ކެމްޕޭނެއްވަނީ ކުރިއަށްގެންގޮސްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު