Friday, 04 October 2024

އެމެރިކާއާއި ޔަހޫދީން ޙަމާސް ނައްތައިލަން ކިތަންމެ މަސައްކަތެއް ކުރިޔަސް، އެއީ ކުޅަދާނަ ކަމަކަށް ނުވާނެ: އިރާން

ދުނިޔޭގެ އެންމެ ބޮޑު ބާރުކަމުގައި ދަޢުވާ ކުރަމުންދާ އެމެރިކާއާއި އިސްރާއީލުގެ ޔަހޫދީން އެކުގައި ތިބެގެން، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެއީ ކުޅަދާނަ ކަމަކަށް ނުވާނެ ކަމުގައި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރުޢަބްދައްލިހައްޔާނީ ވިދާޅުވެއްޖެއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނާ ގުޅޭ ގޮތުން އަމީރުޢަބްދައްލިހައްޔާނީ ވިދާޅުވީ، އިރާނުން ވާގިވެރިވާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރެވޭނެ ހަމައެކަނި ގޮތަކީ ސިޔާސީ ހައްލެއް ހޯދުން ކަމުގައެވެ.

އޭނާ މިހެން ވިދާޅުވީ، ސްޓިޓްޒަލެންޑުގެ ޖެނީވާގައި ހުންނަ އ.ދގެ އޮފީހުގައި ތަޤުރީރު ކުރައްވަމުންނެވެ. އަމީރުޢަބްދައްލިހައްޔާނީ ވިދާޅުވީ ޙަމާސްއަކީ ޓެރެރިސްޓު ޖަމާޢަތެއް ނޫން ކަމަށާއި، އެއީ ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތެއް ކަމުގައެވެ. "އެމެރިކާއާއި ޔަހޫދީން ގުޅިގެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ޙަމާސް ނައްތައިލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" އަމީރުޢަބްދައްލިހައްޔާނީ ވިދާޅުވިއެވެ.

އޭނާ މި މޭރުމުން ވާހަކަދައްކަވާފައިވާއިރު، ހައްދުފަހަނަ އެޅި ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމާ މެދު އީ.ޔޫން އިން ދަނީ ވިސްނަމުންނެވެ. އެމެރިކާއިން ވެސް ދާދި ފަހުން ވަނީ ހައްދުފަހަނަ އެޅި ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެމެރިކާއިން ބުނީ، ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގާ ޔަހޫދީންނަށް ވިސާ ދޫ ކުރުން އެ ޤައުމުން ހުއްޓައިލާފައިވާނެ ކަމުގައެވެ

އިސްރާއީލަށް ވާގިވެރިވާ ބައިޑެން ވިދާޅުވީ، އިސްރާއީލަށް ޔޫރަޕިއަން ޔުނިއަންގެ އެއްބާރުލުން އޮތް ނަމަަވެސް، ދުނިޔޭގެ ގިނަ ގައުމުތަކުން އެ ގައުމަށް ތާއީދުކުރާ ނަމަވެސް އެ ގައުމުން ބެލުމެއް ނެތި ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން އެ އެއްބާރުލުން ގެއްލެމުންދާކަމަށް ފާހަަގަކުރެއްވިއެވެ.

ކޮހެންވަނީ ކަނޑު ދަތުރު ކުރުމަށް ބޭނުންކުރާ މަގުތައް ރައްކައުތެރިކުރުމަށް ފިޔަވަޅުތައްެ އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފައެވެ. އޭނާ އެ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވާލާފައިވަނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އިސްރާއީލަށް ބަނދަރުކުރުމަށް މިސްރާބު ހިފާފައިވާ އުޅަނދުތަކަށް ހަމަލާ ދޭނެކަމުގެ އިންޒާރުތައް ދީފައިވަނިކޮށްކަންވެސް ފާހަގަކުރެވެއެވެ.

7 އޮކްޓޫބަރު އިން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 18,600 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 6,000 އަށްވުރެ ގިނަ ޢަދަދަކަށް ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 50,000 އަށް އުފުލިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު