Thursday, 20 June 2024

ގޮތް ކަނޑައަޅާ ނިންމުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބައިވެރިނުވެވި ބާކީވެފައި ތިބޭ ތިބުން ބަދަލުކުރާނަން: ސައިފް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބާރެއް ނެތިފައި، ގޮތް ކަނޑައަޅާ ނިންމުމުގައި ބައިވެރިނުވެވި ބާކީވެފައި ތިބޭ ތިބުން ބަދަލުކުރާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ވާދަކުރައްވާ ސައިފް ފާތިހް ވިދާޅުވެއްޖެއެވެ.

ސައިފް މިހެން ވިދާޅުވެފައިވަނީ އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"WDC އަށް ބާރެއް ނެތިފައި، ގޮތް ކަނޑައަޅާ ނިންމުމުގައި ބައިވެރިނުވެވި ބާކީވެފައި ތިބޭ ތިބުން ބަދަލުކުރާނަން. އެންމެ ފުރަތަމަ ފިޔަވަޅަކީ ކައުންސިލްގެ ދާއިމީ ކޮމިޓީތަކުގައި WDC ހިމެނުން. މުނިސިޕަލް ކޮމިޓީ ނުވަތަ އެންވަޔަރަމަންޓް ކޮމިޓީ ނުވަތަ އެލްބީޑީ ކޮމިޓީފަދަ ކޮމިޓީތަކުގައި އެބޭފުޅުންނަށް." ސައިފު ވިދާޅުވިއެވެ.

Image

މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއަށް ހުޅުވާލި މުއްދަތުގައި އެމަގާމަށް ވާދަކުރުމަށް ހުށަހަޅާފައިވަނީ މުޙައްމަދު ސައިފް ފާތިހް އެކަނިކަމުން، އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން މާލޭ ސިޓީ މޭޔަރު އިންތިޚާބުކުރުމަށް ބާއްވާ ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ޕްރައިމަރީއަކާ ނުލާ ދިނުމަށް އެ ޕާޓީން ވަނީ ކަނޑައަޅާފައެވެ

މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެންނެވެ. މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ޖުމްލަ 4 ގޮނޑިއެއް ވަނީ ހުސްވެފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ނާޞިރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމްވެސް ވަނީ މެންބަރުކަމުން އިސްތިޢުފާ ދެއްވާފައެވެ. ނާސިރާއި ރަމީޒު މިހާރުވަނީ ރައީސް އޮފީހުގެ އިސް މަޤާމުތަކަށް ޢައްޔަންކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ޑިމޮކްރެޓްސްގެ ސައިފްއަކީ މާލޭ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރުވެސްމެއެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރެއްވުމަށް ނިންމަވަފައިވަނީ، ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން އާދަމް އާޒިމާއި، ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ، ޕީއެންއެފްގެ ފަރާތުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުއާއި ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހްއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު