Saturday, 25 May 2024

ދައުލަތުގެ އިސް ވަކީލު ޝަފީއުގެ މައްސަލައެއް ތަހްގީގުކުރަނީ

ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަޙްމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޕީޖީ އޮފީހުގެ ވަކީލަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރައްވާ އަދި ޕީއެސްއެމްގެ ކުރީގެ ޕްރެޒެންޓަރު ޝަފީއުއަކީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލެކެވެ. ކުރީގެ ރައީސް ޔާމީންގެ މައްސަލާގައި ވެސް ދައުލަތުގެ ވަކީލުންގެ ޓީމުގައި ވެސް ހަރަކާތްތެރިވަނީ ޝަފިޢުއެވެ.

މީގެކުރިން ވެސް އެފަދަ ތުހުމަތުތަކެއް އޭނާއާ ބެހޭ ގޮތުން ކުރެވިފައިވީ ނަމަވެސް، މި ފަހުން އޭނާގެ ވީޑިއޯތަކެއް ލީކުވި މައްސަލާގައި ވެސް މިހާތަނަށް ޕީޖީ އޮފީހުން ފިޔަވަޅު އަޅާފައިވާކަން އެނގިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަވަހަށްބޭރުކުރޭ ތިއީހަޑިމުޑުދާރުމީހެއް ގާނޫނީވަކީލެއްނޫން.
    ކޯޓްލައިގެން މީޑޔާގެކުރިމައްޗަށް ނުކުންނަން ލަދެއްނުގަނޭތަ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *