Wednesday, 19 June 2024

ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމާއިގުޅޭ ޕްރޮގްރާމެއް ޔޫތު މިނިސްޓްރީއިން ފަށަނީ

ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމާއިގުޅޭ ޕްރޮގްރާމެއް ކުރިއަށް ގެންދަން ޔޫތު މިނިސްޓްރީއިން ނިންމައިފިއެވެ.

އެ މިނިސްޓްރީއިން  ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ޕްރޮގްރާމަކީ ސަރުކާރުގެ ހަފުތާ14 މަގުޗާޓުގައިވާ ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމާއި ޒުވާނުންނަށް ކުރިއަށްދެވޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

ޔޫތު މިނިސްޓްރީން ވަނީ މިޕްރޮގްރާމާއިގުޅޭ އެމްއޯޔޫ އެއްގައި މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީ އާއިއެކު މިއަދު ސޮއިކޮށްފައެވެ. މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލު ވުމެއްގައި ޔޫތު މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު މުނާޒުއެވެ. މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއަރޕާސަން އަލީ ރިޝްވާންއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު