ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ ގޮނޑިއަށް ވާދަކުރާ ދިޔަރެސް ނޫހުގެ ކޯ ފައުންޑަރ އަހްމަދު އަޒާނަށް ޕްރައިމަރީއަކާ ނުލައި ޕީޕީއެމް ޕީއެންސީގެ ޓިކެޓް ކަށަވަރުވެއްޖެއެވެ.
އޭނާއަށް ޕާޓީގެ ޓިކެޓް ކަށަވަރުވެފައި ވަނީ އެ ދާއިރާގެ ގޮނޑިއަށް އެހެންފަރާތަކުން ޕްރައިމަރީގައި ވާދަނުކުރާތީއެވެ.
ރާއްޖެއަށް ހެޔޮ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ފެށި މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު މަގަކީ 20 ވަނަ ރައްޔިތުންގެ މަޖިލީސް ކާމިޔާބުކުރުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކޮށް ހެޔޮ ބަދަލުތަކެއް ގެނޭވެކަމަށް ގަބޫލުކުރައްވާ ކަމަށާއި، ޕީޕީއެމް ޕީއެންސީ ޓިކެޓުގައި މަޖިލީހުގެ އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ ގޮނޑިޔަށް ވާދަކުރެއްވުމަށް ނިންމެވި ސަބަބަކީވެސް އެއީކަމަށް އޭނާ ފާހަގަކުރައްވައެވެ.
އަޒާނަކީ ތޫނުފިލި ޒުވާނެކެވެ. އަޒަރު ބައިޖާނުގެ ސަރުކާރުން ދިން ސްކޯލާޝިޕެއްގެ ދަށުން ޑިޕްލޮމެޓިކް އެކަޑަމީ އިން އިންޓަރނޭޝަނަލް ރިލޭޝަން އިން އަޒާން ވަނީ ބެޗެލާސް ޑިގްރީ ވެސް ހާސިލްކުރައްވާފައެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ސަރުކާރު ޖަވާބު ދާރީ ކުރުމަށް ގިނަ މަސައްކަތެއް ކޮށްފައިވާ ހުށިޔާރު ނޫސްވެރިއެކެވެ. އަދި އޭނާ ނޫސްވެރިއަކަށް ހުންނަވައި ކުރެއްވި މަސައްކަތުން ސަރުކާރަށް ކުރެވުނު ތުހުމަތުތަކަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ދެވަނަ މީހަކު ހުރީކީނޫން! މުޅި އައްޑޫގައިވެސް އުޅޭނީ 10 ވަރަކަށް މީހުން