Saturday, 15 June 2024

ސޯލާ ފެނަލްތައް ރީ-ލޮކޭޓް ކުރެވޭނެ ގޮތެއް މިދަނީ ބަލަމުން: ވަޒީރު

ސިނަމާލެ ބުރިޖުގެ ހައިވޭގައި ޖާހާފައިވާ ސޯލާ ޕެނަލްތައް ނެގޭނެ ގޮތްތަކާއި ރީ ލޮކޭޓް ކުރެވޭނެ ގޮތެއް ބައްލަވަމުންދާ ކަމަށް ދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ޠާރިގް ވިދާޅުވީ ސޯލާ ޕެނަލްތައް މިހާރު ގާތްގަނޑަކަށް ނެގިފައިވާކަމަށާއި އަދި ކަރަންޓުވެސް ތައްޔާރުވެފައި ވާކަމަށާއި، އެތަނުގެ މައްސަލައަކަށް ދިމާވަނީ ތަނުގެ ރީތިކަން ގެއްލުންކަމަށާއި އަދި ދަތުރުކުރާ ފަރާތްތަކަށް އެ އުނދަގޫ ވާތީކަމަށެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ، އެތަނުން ޖެނެރޭޓް ކުރަނީ 5.5 މެގަ ވޯޓުގެ ކަރަންޓު ކަމަށާއި،  އެތަނުން ސޯލާ ޕެނަލްތައް ނެގޭނެގޮތެއް ބައްލަވައި އެތަނުގައި ކުރެވެން ހުރި މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ވައުދުފުޅެއް ކަމަށެވެ.
އެ މަޝްރޫއު އަކީ ބޭރުގެ އިންވެސްޓްމެންޓެއް ކަމަށާއި އަދި އެއީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުއެއް ކަމަށެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މާލޭގެ ޕަވަރ ޖެނެރޭޝަންއަކަށް އެކަށީގެންވާ ވަރުގެ ބޮޑު ކުރިއެރުމެއް ގެނެވިފައި ނުވާކަމަށާއި، އެހެންނަމަވެސް މާލެ ތެރޭގައި ކަރަންޓު ބޭނުންކުރާ މިންވަރު ބޮޑު ވެގެން ގޮއްސިނަމަ، ކެޕޭސިޓީ ދުވަހުން ދުވަހަަށް ބޮޑު ވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު