ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަންނަ މަހަށް!

2024 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމް ޕީއެންސީން ބާއްވާ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީގައި ބާއްވާ ގޮތަށް ފަސްކޮށްފިއެވެ.

ނަމަވެސް ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ މީގެ ކުރިން ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެގޮތަށް ނިންމުމާ ގުޅިގެން، ޕްރައިމަރީ ބާއްވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ.

ޕްރައިމަރީ ލަސްކުރީ ކުރިން ޕްރައިމަރީ ބާއްވަން ނިންމި ތާރީޚު މިޑްޓާމް ސްކޫލް ބަންދާ ދިމާވާތީ ގިނަ އަދަދެއްގެ ރައްޔިތުން އުމުރާ އަށާއި ގައުމުން ބޭރަށް ފުރަން ނިންމާފައިވާތީ ޕްރައިމަރީގައި ވާދަކުރާ ގިނަ ކެންޑިޑޭޓުންނާއި، އިއްތިހާދުގެ ގިނަ އަދަދެއްގެ މެންބަރުން ޕްރައިމަރީ ލަސްކޮށްދޭން އެދުމުން ކަމަށް އެ ކޯލިޝަނުން ވިދާޅުވެއެވެ.

އެ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ސުންގަޑި ހަމަވިއިރު ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުން ތަރުތީބު ކުރެވިފައިވާ ގޮތާއި އެ ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭ އާންމު ކުރާނެ ކަމަށް ބަޔާޏުގައި ވަނީ ބުނެފައެވެ.

އަންނަ އަހަރު ކުރީކޮޅު ބާއްވާ މަޖިލިސް އިންތިހާބަށް 354 މެންބަރުން ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމައި މިހާރު ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެތެރެއިން 10 ބޭފުޅަކަށް ވަނީ ޕްރައިމަރީއަކާ ނުލައި ޕާޓީ ޓިކެޓް އެދާއިރާތަކުން ކަށަވަރުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ މަޖިލިސް އިންތިޚާބު އަންނަ އަހަރު ކުރީކޮޅު ބާއްވަން ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު