Saturday, 15 June 2024

ރާއްޖޭން ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ސަރުކާރުން ހަދައިފި

ރާއްޖޭގައި ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ސައިޓުތައް ސަރުކާރުން ބްލޮކްކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭގައި ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތަށް ހަދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޮމިއުނިކޭޝަންސް އޮތޯރިޓިއަށް ސަރުކާރުން އަންގައިގެންނެވެ.

އެ އެންގުމާ ގުޅިގެން މިފަދަ ސައިޓުތައް ރާއްޖޭގެން ބްލޮކޮށްފައިވާއިރު، މިއީ ރާއްޖޭގައި މިފަދަ ނިންމުމަކަށް ރާއްޖޭން އަމަލު ކުރާ ފުރަތަމަ ފަހަރެވެ.

އެހެންނަމަވެސް، މިކަމާ ގުޅިގެން ސަރުކާރާއި އަދި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިފަދަ ނިންމުމެއް ތަންފީޒު ކޮށްފައިވާއިރު، މީގެ ކުރިން ވެސް އެފަދަ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކޮށް ކުރުމަށް ޢާންމުންނާއި މަޖިލީހުގައި ބައެއް މެންބަރުން ވަނީ ވާހަކަ ދައްކަވާފައެވެ.

މިއީ ރާއްޖޭގައި އިސްލާމީ ކަންތައްތައް ހަރުދަނާ ކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމުގައި ބަލައިގަންނަން ޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ވަރަށް އުފާވެއްޖެ. ވ ޝުކުރިއްޔާ، މަތްﷲ ތި ހެޔޮ ނިންމުމުގައި ބަރަކާތް ލައްވާށި.

  2. މީލާދީ ސަނަތުން 271 އަހަރު ވީއިރު ބަރަހަނާ ވެބުސައިޓު ބަންދު ކޮއްލަންކެރުނު ހައެކަނިރައީސްއަކީ ޑރ މުއިޒު ސާބަހޭ މުއިޒު

  3. މީލާދީ ސަނަތުން 271 އަހަރު ވީއިރު ބަރަހަނާ ވެބުސައިޓު ބަންދު ކޮއްލަންކެރުނު ހަމައެކަނި ރައީސްއަކީ ޑރ މުއިޒު ސާބަހޭ މުއިޒު

  4. ވަރައްއުފާވެއްޖެ ބަރަހަނާސައިޓުތައްބަންދުކުރީމަ ދެންމަސާޖުޕާލާތައް އެއައްފަހުނުގަވައިދުންއުޅޭ ހުރިހާބިދޭސީން 4 ބިދޭސީން ކާންދިމާކުރިޔަސް 3 ދުވަހުންހަނޑޫބަސްތާއެއްގެބަތްބޯލާ މީދެންބޮޑުވަރު

  5. މުއިއްޒުގެ ބަރަހަނާ މަންޒަރުތައް ފެނިދާނެތީ އެގޮތަށް އެކަންތައް ކުރެއްވީ ވަރަށް ދުރު ވިސްނޭ ބޭފުޅެއް ސަޅިދޯ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު