Thursday, 20 June 2024

އަނގޮޅި: ކުރީގެ ތިން ރައީސުން ގުޅިގެން ބަގާވާތަށް!

އެކުވެރިޔަކާއެކު ކޮފީއެއް ބޯލަން ދިއައީމެވެ. އެއީ މީގެ ހަފުތާއެއްހާ ދުވަސްކުރިއެވެ. އެކުވެރިޔާއަކީ ސިޔާސީ ކަންކަމުގައި ވަރަށް ހަރަކާތްތެރި ސިއާސީ ބޭފުޅެކެވެ. ދެކެވުނީވެސް ސިޔާސީ ވާހަކައެވެ.
ޕީއެންއެފްއަށް ސޮއިކުރިވާހަކައާއި އެޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރާ ވާހަކައިން ފެށިގެން ދެކެވުނު ވާހަކަތަކުން އަޅައިގަތް އެއް ވާހަކައަކީ މިވެރިކަން މާގިނަދުވަހު ނޯންނާނެ ކަމަށް ބުނި ވާހަކައެވެ. އެވާހަކަ އިތުރަށް ތަފުސީލުކޮށްވެސް ދިނެވެ.
މިއަދު މިވަނީ މަޖިލިސްތެރޭ ގަވާއިދަށް ގެނައި ބަދަލާއެކު ރައީސް މަގާމުން ދުރުކުރަން ރާވަމުން އެކަމަށް މަގުފަހިކުރަމުން ދާކަން ރައްޔިތުންނާ ހަމައަށް ތިލަވެފައެވެ.
ރައީސް މަގާމުން ދުރުކުރުމަށް މަޖިލިސް ތެރެއިން ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅިގެން ކަންކަން އިންތިޒާމުކޮށް ތަރުތީބު ކުރަމުންދާއިރު އުފެއްދުމުގެ މަސައްކަތްކުރާ ޕީއެންއެފް އޮތީ އަތްގުޅާލައިގެންނެވެ.
ޕީއެންއެފް ތަމްސީލުކުރާ މެމްބަރަކު ނުވަތަ ރައީސް ޔާމީނަށް ތާއީދުކުރާ މެމްބަރަކު މަޖިލިހުގައި ނެތުމުން މަޖިލިސްތެރެއިން އެކަމުގައި ބައިވެރިވެވޭނެ ފުރުސަތުނެތީއެވެ. އެފުރުސަތު އޮތްނަމަ ތިން ވެރިން ތަމްސީލުކުރާ މެމްބަރުން ތިބޭނީ މަސްވަރާ މޭޒު ދަށުގައި އަތުގުޅާލައިގެންނެވެ.
ފަރުދާގެ ފުރަގަހުގައި ރައީސް ޔާމީނު ހުރިނަމަވެސް އެމަނިކުފާނަށް ތާއީދުކުރާ މީހުންގެ ވާހަކައާ ސޯސަލް މީޑިއާގައި ކުރާޕޯސްޓްތަކާއި ކުރާ ކޮމެންޓްތައް މިއަދު މަޖިލިސްތެރޭ މިހިނގާ ކަންކަމާ ގުޅުވާލެވެއެވެ.
ޕީއެންއެފް ނުވަތަ ރައީސް ޔާމީނަށް ނިސްބަތްވާ ގޮތަށް ފާޑުކިޔާ ކޮށްފައި ހުންނަ ޕޯސްޓްތަކަށް އެއްރާގަކަށް ރައީސް ޔާމީނުގެ ސަޕޯޓަރުން ރައްދުގައި ކޮށްފައި ހުންނަ ކޮމެންޓްތައް ގޮސް ހުއްޓެނީ މިއަދު މަޖިލީހުގައި މިހިނގާ ކަންކަމާ ހިސާބަށެވެ. "މަސްދުވަސް ފަހުން ވާގޮތެއް ބަލަން ހުންނާށޭ،، ބުނެ ކޮށްފަ ހުންނަ ކޮމެޓްތަކެވެ." މަޖިލިސް އިންތިހާބު ނިމުނީމަ ވާގޮތް ބަލަން ހުންނާށޭ، ބުނެ ކޮށްފައިވާ ކޮމެންޓްތަކެވެ.
ފެންނަފަށުގައި ރައީސް ޔާމީނު ނެތްނަމަވެސް ހިންގަން މިއުޅޭ ބަގާވާތުގެ އެއްބައިވެރިއަކީ ކުރީގެ ރައީސް ޔާމީނެވެ.
ރައީސް ނަސީދު ނުގަބޫލުކަމެއް ޑިމޮކްރެޓުން ނުކުރާނެއެވެ. ރައީސް އިބުރާހިމް ހިތްޕުޅާ ނުވާކަމެއް އެމްޑީޕީން ނުކުރާނެއެވެ. ރައީސް ޔާމީނު ނޭދޭގޮތަކަށް ޕީއެންއެފްގެ މެމްބަރެއް ފިޔަވަޅެއްނާޅާނެއެވެ.
ލީޑަރުންކަމަށް ބުނާ ބަޔަކުގެ އަމިއްލައެދުމާ މަންފާއަށް ރާވަމުން ހިންގަމުން ދާކަންކަމުގަ އެމީހުނަށް ތާއީދުކުރާބަޔަކުވެސް އެތިބީ ލޯމަރާލައިގެން އެމީހުން ބުނާހާކަމެއް ކުރަން ތައްޔާރަށެވެ. އިއްޔެ އެއްބަޔަކު އަނެއްބަޔަކަށް ގޮވިއެއްޗެހި ހަނދާން ނައްތާލާފަ ލީޑަރު ދެކެވާ ލޯބިން ބަގާވާތައް ވެސް އެތިބީ ރުހި ގަބޫލު ވެގެންނެވެ.
ބީވެދިއަވެރިކަން ހޯދަން ކޮންމެކަމެއް ކުރަންވެސް ތިން ރައީސުން އެތިބީ ފޫގަޅާލާފައެވެ.
މަޖިލިސްތެރޭން ހިންގަން މިއުޅޭ ބަގާވާތުގެ މުގުލުގައި ތިބީ ކުރީގެ ތިން ރައީސުންނެވެ. މިއީ ތިން ރައީސުން ގުޅިގެން ހިންގާ ބަގާވާތެކެވެ.


ނޯޓު: އަނގޮޅީގައި ލިޔާނީ މިދާމަގުމަތިން އިވޭއަޑާ ފެންނަކަންކަމެވެ. ކަންކަން މަތިން އިވޭއަޑާ ފެންނަ ކަންކަމެވެ. ވަދެލެވޭ ހޮޓާ ކެފޭތަކުން ފެންނަ ކަންކަމާ އިވޭއަޑެވެ. އިށީނދެލެވޭ ހޮޅުއަށިތަކާ ވަދެލެވޭ މައިޒާންތަކުން އިވޭއަޑާ ފެންނަ ކަންކަމެވެ. އަނގޮޅީގައި ލިޔާނީ ލިޔެވޭނީ މަށަށް ފެންނަ ކަންކަމާ މަންޒަރާ އިވޭ އަޑެވެ. އަނގޮޅި ކިޔާ މީހުންނަށް ފެންނަ ކަންކަމާ އިވޭއަޑު ތަފާތު ވެދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ބަޣާވާތެއްނޫން ޗޮއޮސްއެއްނެތިންގެން ގެނާމީހެއްގެ ހައިސިއްޔަތު އޮޅުން މިއީ ވީކް ލީޑަރޝިޕްގެ މައްސަލައެއް ، ދިނިޔެއޮޅިގެންނުވާނެ

    5
    3
  2. ތީކަމަކީ ތި ކިއާ 3 ރައީސުންބައިވެރިވެގެން ކުރާކަމެއްނޫން، ހަމައެކަނި އެމްޑީޕީގެ ރައީސް އިންޑިއާގެ ދަށުވެފާ އޮތީމާ އިންޑީއާއާގުޅިގެން އަނެއަކާވެސް ވެރިކަންބޭނުންވެގެން ކުރަންއުޅޭކަމެއް، އިންޑިއާރުޅުއަރައިގަނެގެން އެއުޅެނީ އިންޑިއާސިފައިން މިގައުމުގެބާރުވެރިކަމުން ވަކިވެދާނެތީ، ހެއޮކޮންވިއްޔާ މިހާރު އެމްޑީޕީގެ މަޖުލިސްމެމްބަރުންތަކަށްބޮޑުއަދަދުން ފައިސާދީ އެމްޑީޕީގެ މެމްބަރުންތައް ގަނެލާފަ، ފައިސާގަނޑެއްދީފިއްޔާ އެމްޑީޕީއަށް ވަރިހަމަވާނެ ކޮންމެކަމެއްވެސްކުރަން، އަމިއްލަ ގައުމުވެސް ފަނާކޮށްލާކަށް ޖެހިލުމެއް ، އަމިއްލައާއިލާވެސް ވިއްކާލަފާނެ.

    7
    1
    1. ކޮއްކޮ އިންޑިއާ މީހުން މިތަނަށް އެރީ ބަގާވާތަކުންނޫން. ކަލޯމެން އާދޭސްކޮށްގެން އައިބައެއް. ދެންމޮޔަނުގޮވާ. އެމީހުން މިހާރު އެތިބީ ދިވެހި އަންހެނުނާ ހިތާވެގެން. ބޮހޮތު އައްޗާހޭ ހުލްބުސޫރަތު

      4
      1
  3. ހަގީގަތަކީ ވެރިކަން ކުރާ ޕާޓީން މަޖިލިސް އިންތިހާބު ކުރަން ބޭނުންވާތީ މަޖިލިސް ތެރެއިން ބަޤާވާތް ކުރަން އުޅެނީ އޭ ކިޔަންގެން ރައްޔިތުންގެ ވޯޓް ހޯދަންވެގެން ހޮޅި ވާހަކަ ދައްކަނީ.

  4. މަށަށް ހީވަނީ އަދި ކޮފީއަށް އަރަންވީހެން. ޑިމޮކުރަޓްސް އަދި އެމްޑީޕީ ގުޅުނީމަ ގާނޫނަން އިސްލާހް ނުގެނަޔަސް ވޯޓުހަމަ ވާނެ. އެހާ ބޮޑަށް އޮޅުވާނުލުމަށް ރަހުމަތްތެރިޔާ ކައިރީބުނޭ.

    ނަމަވެސް ފެތުރި ދޮގުވާހަކަ ތަކަކީ އަޒުލު ކުރަންވެސް ރަނގަޅުވާހަކަ!

  5. ތަގުދީރުގައިވާ ކަމެއް ތަދުބީރަކުން ފޮރޮޅުއެއް ނުލެވޭނެ ، ބޭނުންވާ ކޮންމެ ކަމަކީ ހިތުހުރި ގޮތަކަށް ކުރެވޭނެ ކަންތަކެއްނޫން ،

  6. ތިން ރައީސުން ބަޣާވާތެއް ގެނެސްގެން ދެން ވެރިކަމާ ހަވާލުވާނީ ކޮން ރައީސެއްބާވައެވެ. އެހިސާބަށް ވިސްނާލީމާ ތިންރައީސުން އެއްގަލަކަށް އަރައިގެންވެސް އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަން އެނގޭނެ ކަމަށް އުންމީދު ކުރަމެވެ.

  7. ތިން ރައީސުން ބަޣާވާތެއް ގެނެސްގެން ދެން ވެރިކަމާ ހަވާލުވާނީ ކޮން ރައީސެއްބާވައެވެ. އެހިސާބަށް ވިސްނާލީމާ ތިންރައީސުން އެއްގަލަކަށް އަރައިގެންވެސް އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަން އެނގޭނެ ކަމަށް އުންމީދު ކުރަމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު