ރޯދަ މަހު ފަހު 10 ޗުއްޓީ: ޤިބްލައިން ރޯދަ ޢުމްރާއަށް ދިއުމުގެ ފުރުސަތު!

ޤިބުލަ ޙައްޖު އެންޑް ޢުމުރާއިން ރަމަޟާން މަހުގެ ފަހު ދިހަައިގެ ޗުއްޓީއާ ދިމާކޮށް، ރަމަޟާން މަހުގެ ފަހު 15 އަށް ޚާއްޞަ ޢުމުރާ ދަތުރެއް ހަމަޖައްސައިފިއެވެ.

ޤިބުލައިން ހާމަކުރައްވާފައިވާ ގޮތުގައި މި ޢުމުރާ ދަތުރަކީ، ރޯދަ މަހުގެ ފަހު 10 ގައި އޮންނަ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ކުރުމަށް ހަމަޖެހިފައިވާ ޢުމުރާ ދަތުރެކެވެ.

މި ޢުމުރާ ދަތުރު ފުރުމަށް ހަމަޖެހިފައިވަނީ، ރަމަޟާން މަހުގެ 12 ވަނަ ދުވަހު ކަމަށާއި، ރަމަޟާން މަހުގެ ފަހު 15 ހިމެނޭހެން، ޝައްވާލު މަހުގެ 6 ރޯދަ ހިފުމަށް ހަމަޖެހިފައިވަނީ މައްކާގައި ކަމަށް އެ ޤިބުލައިން މަޢުލޫމާތު ދެއްވައެވެ. އެހެންކަމުން، މުޅި ޖުމްލަަ 21 ދުވަސް ޢުމުރާ ދަތުރުގައި ހޭދަވާނެއެވެ.

މި ޢުމުރާ ދަތުރަށް ކަނޑައެޅިފައިވާ އަގަކީ، ސާޅީސްތިންހާސް ދިވެހި ރުފިޔާއެވެ. އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަނުް ބޭނުންފުޅުވާނަމަ، 9666104 ނަންބަރު ފޯނަށް ގުޅުއްވުމަށް އެ ފަރާތުން އެދެއެވެ.

ޤިބުލަ ޙައްޖު އެންޑް ޢުމުރާ އަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ ކާމިޔާބު ޖަމާޢަތެއް ކަން ފާހަގަކުރެވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު