ހުރަވީ ދުވަހުގެ ޖަލްސާގައި ޤުރުއާން ކިޔެވި ދަރިވަރު ޔައިޝް މުޙައްމަދު ނިޔާޒު އާ ބައްދަލުކުރައްވައ،ި އޭނާގެ ކިޔެވުމަށް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޢުރީފް ކުރައްވައިފިއެވެ.
ވަޒީރު ޑރ. ޝަހީމް ވަނީ، އެ ދަރިވަރަށް ދަޢުވަތު ދެއްވައ،ި މިއަދު އެ ވުޒާރާގައި ބައްދަލުކުރައްވާފައެވެ.
"ހުރަވީ ދުވަހުގެ ޖަލްސާގައި ޤުރުއާން ކިޔެވި ދަރިވަރު ޔައިޝް މުޙައްމަދު ނިޔާޒު އަޅުގަނޑުގެ ދައުވަތަކަށް މިނިސްޓްރީއަށް ވަޑައިގަތް ކަމަށްޓަކައި އޭނާއަށް ޝުކުރު ދަންނަވަން. ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ ޒުވާނުންނަށް ފުރުޞަތު ފަހިކުރެއްވުން. ޔައިޝްގެ ކިޔެވުން ވަރަށް ރީތި." ޑރ. ޝަހީމް ވިދާޅުވިއެވެ.
ހުރަވީ ދުވަހުގެ ޖަލްސާގައި ޤުރުއާން ކިޔެވި ދަރިވަރު ޔައިޝް މުޙައްމަދު ނިޔާޒު އަޅުގަނޑުގެ ދައުވަތަކަށް މިނިސްޓްރީއަށް ވަޑައިގަތް ކަމަށްޓަކައި އޭނާއަށް ޝުކުރު ދަންނަވަން. ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ ޒުވާނުންނަށް ފުރުޞަތު ފަހިކުރެއްވުން. ޔައިޝްގެ ކިޔެވުން ވަރަށް ރީތި. pic.twitter.com/UIX0lo6TjW
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 17, 2023
ހުރަވީ ދުވަސް އަޅުގަނޑުމެންނަށް ގޮވާލަނީ ތާރީޚުން ފިލާވަޅު ލިބިގަތުމަށާއި، އަމިއްލަ ސިޔާސީ ފައިދާއަށްޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށާއި، ދޮންބަންޑާރައިން ފަދައިން ޤައުމީ ޚިދުމަތަށްޓަކައި އިސްވެ ޙަރަކާތްތެރިވާ، ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ހުރަވީ ދުވަހަކީ މުހިންމު ފިލާވަޅުތަކެއް ދަސްކޮށްދޭ އަދި މުހިންމު ޢިބްރަތްތަކެއް ޙާޞިލުކޮށްދޭ ދުވަހެއްކަމުގައި ވިދާޅުވެފައެވެ. އަދި، ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް އަލިއަޅުއްވާލަައްވަމުން އެމަނިކުފާނު ވިދާޅުވީ، މިހާދިސާއިން ފެންނަ އަލިފަރާތަކީ ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިޚްލާޞްތެރި މަދަދުވެރީންގެ ތެދުވެރިކަން ކަމަށާއި، ތާރީޚުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ޤައުމަށް ޚިޔާނާތެރިވި ޝަމްސުއްދީނާއި މުޙްޔިއްދީނާއި އެ ދެ މީހުންގެ ދަޢުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު ކަމުގައެވެ. ރައީސުލްޖުމްހުރިއްޔާ ވަނީ ދޮންބަންޑާރައިންގެ ތެދުވެރިކަމާއި، ހިތްވަރުފުޅު ގަދަކަމާއި، ޤައުމު ދެކެ ވެވަޑައިގެންނެވި ލޯބީގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މިއީ ކޮންތާކު ކިޔަވާ ދަރިވަރެއްކަމެއް ނޭގުނު.