Wednesday, 19 June 2024

އެމްޑީޕީގެ ވެރިކަމުގައި ބިދޭސީންގެ މައްސަލަ ޙައްލުނުވި؛ ބަންގްލަދޭޝް ލޭބަރުން ގެންނަން މި ސަރުކާރުން ހުއްދަ ދިނުމުން ފައްޔާޒުގެ ނުރުހުން

އެމްޑީޕީގެ ވެރިކަމުގައި ބިދޭސީންގެ މައްސަލަ ޙައްލުނުވި ނަމަވެސް، ބަންގްލަދޭޝްގެ މަސައްކަތު މީހުން ރާއްޖެ ގެނައުމަށް ހުއްދަ ދޭން މި ސަރުކާރުން ނިންމާފައި ވަނީ ޤާނޫނާ ހިލާފަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރު އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އެހެން ވިދާޅުވީ، ބަންގްލަދޭޝް އިން ލޭބަރުން ރާއްޖެ ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން މިއަދުން ފެށިގެން އަލުން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަމައެކަނި ބަންގްލަދޭޝް މަސައްކަތްތެރިން ގެންނަން ސަރުކާރުން ނިންމީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.

އެ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެ އަށް ގެނެވޭނެ އަދަދަކީ އެއްލައްކަ މީހުންނެވެ.

ފައްޔާޒް ވިދާޅުވީ އެ ހުއްދަ ދިނުމުގެ ކުރިން ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށެވެ.

"2019 ގަ ކުރިން ބަންގަލަދޭޝްގެ ވަގުފާރި ވިޔަފާރި އަކީ އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ މުޑުދާރު ވިޔަފާރިއެއް ބަޔަކު ކުރަމުން ދިޔަ. ފަސް އަހަރު ހުއްޓުވާފައި އޮވެ އަލުން ގާނޫނާ ހިލާފަށް މިކަން ހުޅުވާލުމަކީ ގައުމީ ސަލާމަތަށް އަދި ދިވެހި އިގްތިސޯދާއި އިޖުތިމާއީ ފޭރާމަށް ހުރި ނުރައްކަލެއް،" އޭނާ ވިދާޅުވިއެވެ.

ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ފެށި ޕްރޮގްރާމާ އެކުގައެވެ.

އެގޮތަށް ނިންމައި އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކޮންމެ ގައުމަކަށް 150،000 ގެ ކޯޓާއެއް ކަނޑައެޅުމުން ބަންގްލާދޭޝްގެ ކޯޓާ ހަމަވެފައިވާ ކަމަށާއި އެހެންވެ އިތުރަށް އެ ގައުމުން މީހުން ނުގެނެވޭނެ ކަމަށެވެ. އޭރު ބުނެފައިވާ ގޮތުގައި ވޯކް ވިސާގައި 144،607 މީހަކު ރާއްޖެ އެތެރެވެ އޭގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި އެ މައްސަލައަށް ހައްލެއް ގެނެވިފައި ނުވުމުން، ފިނަ ބައެއްގެ ފާޑުކިޔުންތަކެއް އޭރު އަމާޒުވިއެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ފިޔަވަޅު ނޭޅުމާއި އެ މީހުން ހުއްޓުވުމުގެ ކަންކަމުގައި ފެއިލް ވި ކަމަށް ބުނެ ފާޑުކިޔުން ބޮޑެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށަން އިމިގްރޭޝަނުން މިހާރު ވަނީ ނިންމައިފައެވެ. އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފަށައި ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެއިން ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި:

ބަންގްލަދޭޝްއިން ބިދޭސީން އަލުން ގެނެވޭގޮތް ހަމަޖައްސަވައިފި

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. 5 އަހަރުތެރޭ ހައްލުވިކަމަކާއި ފައްޔާޒު ބެހޭނެކަމެއް ނެތް .ތިމާރަގަޅުކޮށްފަ ދެން އެހެންބަކު ގޯސްކުރާނަމަ ތިހެންބުނޭ!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު