Thursday, 12 September 2024

ފްލެޓުތަކުގެ މައްސަލާގައި އޭސީސީގެ ތަހުގީގަށް މީހުން ހާޒިރުކުރަނީ

ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ދިން ގޮތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އަންނަ ތަހުގީގަށް މީހުން ހާޒިރު ކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ، ފްލެޓާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގަށް ގެދޮރުވެރިޔާ ޕޯޓަލް އަށް އެ ކޮމިޝަނަށް ހައުސިން މިނިސްޓްރީން މިހާރު އެކްސެސް ދީފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ހާޒިރު ކުރަނީ އާންމުން ކަމެއް ނުވަތަ ކޮން މުއައްސަސާތަކެއް ކަމެއް ހާމަކުރައްވާފައި ނުވާއިރު، ތަހުގީގު އިތުރަށް ފުޅާކޮށް، ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް ނަގަމުން އަންނަ ކަމަށް އޭސީސީން ވިދާޅުވިއެވެ.

ވަރަށް ގިނަ ބައެއްގެ މަސްލަހަތާ ގުޅުން ހުރި މައްސަލައަކަށް ވާތީ ވީހާ ވެސް އަވަހަކަށް މައްސަލަ ނިންމުމަށް އިންސާނީ ވަސީލަތްތައް އެންމެ ފުޅާދާއިރާއެއްގައި ބޭނުން ކޮށްގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައިގައި ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހުން އޭސީސީގެ މެންބަރުން ހާޒިރުކޮށް، ސުވާލު ކުރުމުން އެ ކޮމިޝަނުން ވިދާޅުވެފައިވަނީ، ފުލެޓް ލިބޭ މީހުން ކަނޑައެޅުމުގައި ބައިވަރު މައްސަލަތަކެއް ހިުރިކަން ފާހަގަވާ ކަމުގައެވެ. އަދި ޝަރުތު ހަމަނުވާ ކަމަށް ގެދޮރުވެރިޔާ ޕޯޓަލް އިން ދެއްކި ނަމަވެސް، ސުޕަވައިޒް ކުރާ ފަރާތްތަކުން އެ ބަދަލުކޮށް، ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު