Wednesday, 22 May 2024

ކާފޫރުތޮޅިއަކީ ދިވެހީންގެ މިތުރެއް؛ މޭއެންދުމާއި ލޭ މައްޗަށް ދިއުމަށް ޙައްލެއް!

ފޫރު ތޮޅި ނުވަތަ cardamom އަކީ  ތިން އަރިޔަށް ފުއްޕުން ހުރެފައި، މަޑު، ބޯތޮށްޓެއްގެ ތެރޭގައި ތިންބަރިޔަށް، ކުދިކުދި ކަޅުއޮށް ތަކެއް ހުންނަ ކުޑަކުޑަ ތޮޅިޔެކެވެ. މިތޮޅިއަކީ ވަހާއި ރަހައިގައި އާވިގޮތް ހުންނަ މީރުއެއްޗެކެވެ. މިއީ، ބޭހަށާއި ކާބާވަތްތަކުގެ ރަހަމީރުކުރަން ބޭނުންކުރާ އެއްޗެކެވެ. ދުފާއިރުގައި ވެސް ކާފޫރު ތޮޅި ބޭނުން ކުރެއެވެ. ކާފޫރު ތޮޅިއަކީ އާއްމުގޮތެއްގައި، ޒަމާނުއްސުރެ ދިވެހިން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ.

އޭގެއިން ހަށިގަނޑަށް ލިއްބައިދެއެވެ. އެކަމަށް ބަލާލަމާ ހިނގާށެވެ.

ކާފޫރު ތޮޅިއަކީ މޭ އެންދުމާއި ކާހިތް ނުވުން އަދި ބަނޑު ހިކުމަށް ވެސް ފަރުވާ ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ހަމައެއާއެކު އެއީ ލޭ ސާފުކޮށް، ހަށިގަނޑު ޑީޓޮކްސިފައި ކުރުމަށް ވެސް އެހީތެރިވެދޭ އެއްޗެއް ކަމަށް ވެއެވެ.

ހަމައެހެންމެ، ނަފުސާނީ ބައްޔާއި، ޑިޕްރެޝަންއަށް ފަރުވާ ކުރުމަށްވެސް ކާފޫރު ތޮޅި ބޭނުން ކުރެއެވެ. އަދި އަނގައިން ދުވާ ނުބައި ވަސް ކެނޑުވުމަށާއި އަނގަޔާއި ކަރުގެ އިންފެކްޝަން ނައްތާލުމަށްވެސް ކާފޫރު ތޮޅި އެހީތެރިވެދޭ ކަމަށް ވެއެވެ.

ރޯގާ އާއި ކެއްސުން ރަނގަޅު ކޮށްދީ، ބަރުދަން ލުއި ވުމުގެ އިތުރުން ކާފޫރުތޮޅި ގަވައިދުން ކޮންމެ ދުވަހަކު ކާނަމަ ލޭގެ ޕްރެޝަރު މައްޗަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ފޮނުވައިދޭ މިންވަރު އެއް ވަރެއްގައި ހިފަހައްޓައިދެއެވެ.

20 މީހުންގެ މެދުގައި ދިރާސާއެއް ހެދުނެވެ. ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ ބައެއްގެ މެދުގައެވެ. ދުވާލަކު 3 ގުރާމް ކާފޫރުތޮޅި ކާން އެމީހުންނަށް ޙަވާލުކުރިއެވެ. 12 ހަފުތާގެ ފަހުން ލޭގެ ޕްރެޝަރު ބެލިއިރު، އެމީހުންގެ ލޭގެ ޕްރެޝަރު "ނޯމަލް" ވިކަމަށް އެ ދިރާސާއިން ދެއްކިއެވެ.

ދިރާސާތަކުން ހޯދިފައިވާ ގޮތުގައި ކާފޫރުތޮޅިއަކީ، ކެންސަރު ބައްޔަށްވެސް ފަރުވާއެކެވެ. އޭގައި ކެންސަރު ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރާ މާއްދާއެއް އެކުލެވިގެންވާ ކަމަށް އެ ދިރާސާތަކުން ހޯދިފައިވެއެވެ.

ނޭވައި ލުމަށް އުނދަގޫވާނަމަ އެ މައްސަލަވެސް ހައްލުކޮށްދިނުމަށް އެހީވެދެއެވެ. ހަމައެހެންމެ، ލޭގައިވާ ހަކުރުގެ މިންވަރު ދަށް ކޮށްދެއެވެ.

ގަވައިދުން ކާފޫރުތޮޅި ބޭނުން ކުރާނަމަ، އެތެރޭގައި ހުންނަ އޮއްތައް ނަގައި މުގުރާލައިގެން ބޭނުންކުރުމަށް ލަފާދެއެވެ. ހުހަށް ކެއުމުގެ ބަދަލުގައި ސައިތައްޓަކަށް ނުވަތަ ކިރު ތައްޓަކަށް އަޅައިން ކޮންމެ ދުވަހަކު ބޯން އާދަކުރެވިދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *