15 ޖަނަވަރީ 2025

ޤާސިމު ގޮވައިލެއްވީ ރައީސް އަޒުލުކުރުމުގެ މަސައްކަތް ހުއްޓާލުމަށް، "އެއީ ލަތުވެތިކަމެއް"

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ބަލާ މިންގަނޑު ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ގޮވާލެއްވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤާސިމް ވިދާޅުވީ ރައީސް މުއިއްޒު ހުވާ ކުރެއްވިތާ މާ ގިނަ ދުވަސް އަދި ނުވާ ކަމަށާއި ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓާއި ރުހުން ދިނުން ވެސް އަދި މަޖިލީހުން ފުރިހަމަނުވާ ކަމަށާއި، ވަޒީރުންނަށް ރުހުން ދީ ސަރުކާރަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.

މަޖިލީހުގެ ޤަވާއިދަށް އިސްލާހުތަކެއް ގެނެސްފައި ވަނީ ރައީސާއި ނާއިބު ރައީސް ވަކި ކުރުމާއި ގުޅޭ މާއްދާ އަށް ކަމަށް ވިދާޅުވެ، ސުވާލު އުފައްދަވަމުން، ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނާއިބު ހުވާ ކުރެއްވިތާ އިއްޔެ މަހެއްވީއިރު ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންނަށް ރުހުން ދޭން ފޮނުވި މައްސަލަ އަށް ވެސް އަދި މަޖިލިސް ތެރެއިން ގޮތެއް ނިމިފައި ނުވާ ކަމަށެވެ.

ޤާސިމު ވިދާޅުވީ، ރުހުން ދިނުމަކީ ރައްޔިތުން މަޖިލީހުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި، ވަޒީރެއްގާ ހުންނަންޖެހޭ ޝަރުޠުތައް ޤާނޫނު އަސާސީގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ކަމަށެވެ. އެ ޝަރުތުތައް ފުރިހަމަވާ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް  މި މަޖިލީހުގައި ތިއްބެވި ހުރިހާ ބޭފުޅުން އެއްބާރުލުން ދޭންޖެހޭނެ ކަމަށް ޤާސިމު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު ސާފުކޮށް ބަޔާން ކޮށްފައިވާއިރު މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހަކުން މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑަނޭޅޭނެ ކަމަށް ވިދާޅުވިއެވެ. އެމްޑީޕީ އަށް ވެރިކަން ނުލިބުމުން، މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން އެފަދަ އިސްލާހުތަކެއް ފާސް ކުރުމަކީ ލަދުވެތި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު