Thursday, 20 June 2024

ފިޔާގެ އަގު ހިފެހެއްޓުމަށް އެސްޓީއޯއިން 4500 ބަސްތާގެ ފިޔާ އެތެރެކޮށްފި، "ކިލޯއެއްގެ އަގު 20 ރުފިޔާ އަށްވުރެ ބޮޑު ނުކުރޭ"

ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް އެތެރެކޮށް ވިއްކަން ފަށައިފިއެވެ. އެސްޓީއޯއިން ވިދާޅުވީ، އެންމެ ފުރަތަމަ ޝިމްޕްމަންޓުގައި 4500 ބަސްތާގެ ފިޔާ ރާއްޖެ ގެނެސްފައިވާކަމަށެވެ.

ފިޔާގެ އަގު މި މިންވަރަށް އުފުލުމުން އާންމުން ގެންދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. އިންޑިއާގެ ބާޒާރުގައި އޮގަސްޓުމަހުން ފެށިގެން ފިޔާގެ އަގު އުފުލެމުން އައިސް އޮކްޓޯބަރ މަހާއި ހަމައަށް އައިރު ރާއްޖޭގެ ބާޒާރަށްވެސް އެކަމުގެ އަސަރުކޮށް 400 ރުފިޔާއަށް ފިޔާ ބަސްތާއެއްގެ އަގު ވަނީ އުފުލިފައެވެ. ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު މަތިވަމުން ގޮސް ޑިސެމްބަރު މަހާ ހަމައަށް އައިއިރު ފިޔާ ބަސްތާއެއްގެ އަގު 800 ރުފިޔާއާއި 900 ރުފިޔާއައި ދެމެދުގެ އަގަކަށް ވަނީ އުފުލިފައެވެ.

އަސާސީ ކާބޯތަކެތަކެތި އެތެރެކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތްކަން ސަރުކާރުން ކަށަވަރުކޮށްދެއްވާފައިވާ ފަދައިން ޢާއްމުންގެ ކަންބޮޑުވުމަށް ޙައްލު ހޯދައިދިނުމަށް އެސްޓީއޯއިން ފިޔަވަޅު އަޅަމުންދާނެކަން އެ އެ ކުންފުނިން ވިދާޅުވެއެވެ.

ފިޔާގެ އަގު އުފުލުމާއި ގުޅިގެން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަޤީންކަން ކަށަވަރުކުރުމަށް ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ، ފިޔާ އެތެރެކުރަން ފަށާފައިވާކަމަށް އެސްޓީއޯއިން ވިދާޅުވިއިރު، ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާގެ ފިޔާ އެތެރެކޮށްފައިވާކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. އެސްޓީއޯއިން އިމްޕޯޓް ކޮށްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރުވަނީ ބާޒާރައް ނެރެފައެވެ.

ބާޒާރަށް އެތެރެކުރާ ފިޔާ އާއްމުންނަށް ވިއްކާނީ އާންމު ވިޔަފާރިތަކުން ކަމަށާއި، ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެސްޓީއޯއިން ކަނޑައަޅާފައިވާ މެކްސިމަމް އަގަށްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހުގައި ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. އެސްޓީއޯއިން އިލްތިމާސް ކޮށްފައިވާނީ ފިޔާ ކިލޯއެއްގެ އަގު 20 ރުފިޔާ އަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު