ރައީސް ވަކިކުރަން އެމްޑީޕީގެ ޕީޖީއަށް ހުށަހަޅަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އެކަން ހުށަހެޅުމަށް މަސައްކަތް ފަށައިފިއެވެ.

އިއުލާން ކުރެއްވީ އެމްޑީޕީގެ މެންބަރުންގެ ވޯޓުން އެކަނި ވެސް ރައީސް މަގާމުން ވަކިކުރުވޭ ގޮތަށް މަޖިލިސް ގަވައިދަށް އިސްލާހު ހުށަހެއްޅުއްވި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެ ގޮތަށް އިއުލާން ކުރެއްވީ އެ އިސްލާހުތައް ފާސްކުރި އާންމު ކޮމިޓީގެ ރިޕޯޓަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"މި އިސްލާހާ ގުޅިގެން ވެސް އަދި ރައްޔިތުން މިއަދު އެ ފާޅު ކުރަމުންދާ ހިޔާލުތަކާ އެކު އަޅުގަނޑަށް ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މި ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ އެންމެ މުހިންމު، އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ މިއަދުގެ ރައީސުލްޖުުމްހޫރިއްޔާ އަޒުލުކުރުމުގެ މަސައްކަތްކަން ކަން،" ޝިފާއު ވިދާޅުވިއެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕާލިމަންޓްރީ ގްރޫޕަށް އެ މައްސަލަ ހުށަހަޅާނަން." ޝިފާޢު ވިދާޅުވިއެވެ.

ޝިފާއު ފުރަތަމަ ވިދާޅުވީ 'މަޖިލިސް ނުހުއްޓި ކުރިއަށް ގެންދިޔުމަށް' އޭނާ ހުށަހެޅުއްވި އިސްލަކީ ކޮންމެހެން ބޭނުންތެރި އިސްލާހުތަކެއް ކަަމަށާއި، އެ އިސްލާހު ހުށަހެޅުއްވި އިރު، ރައީސް މުއިއްޒު މަގާމުން ވަކިރުމަށް މަގުފަހިކުރުމަށް އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.ނަމަވެސް އެ އިސްލާހު ހުށަހަޅައި، ކޮމިޓިން ފާސް ކުރި ފަހުން ހިޔާލު ބަދަލުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މެއިންސްޓްރީމް މީޑިއާތަކާއި ޝޯޝަލް މީޑިއާ އާއި ބާޒާރު މަތިން ދިމާވި ރައްޓެހިންނާއި ގޭ ކަންމަތިން ދިމާވާ ރަށްޓެހިންނާއި ހޮޓާތަކުން ދިމާވާ ރައްޔިތުން މިއަދު ބުނަމުން އެބަދޭ، ކޮއްކޯ ކޮންއިރަކު ތިކަން (ރައީސް ވަކިކުރުމުގެ މަސައްކަތް) ކުރަނީ. ހާދަ ލަސްވޭ އެބަ. އަަވަސް ކޮށްބަލަ، ބަލަހައްޓަައިގެން ތިބެނީތަ،" ޝިފާއު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މަގާމުގައި އެންމެ 24 ގަޑިއިރަށް ވެސް ބަހައްޓަން ރައްޔިތުން މިއަދު ބޭނުމެއް ނުވާ ކަމަށާއި، ސަރުކާރާ ދޭތެރޭ ރައްޔިތުންގެ ހާސްކަމާއި މާޔޫސްކަން ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. "ދުވާލު އިރުއޮއްސި، ރޭގަނޑު ނިދާކަށް ރައްޔިތުން ބޭނުން ނުވޭ، މިހާރު ރާއްޖޭގައި މި އޮތް ވެރިކަން މި ގައުމުގައި ބާއްވާކަށް." ޝިފާއު ވިދާޅުވި އެވެ. އެއާ އެކު އޭނާ އިއުލާން ކުރެއްވީ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވަން ބޭނުންވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އާނ ދޯ؟ ބަރަހަނާ ސައިޓު ތަކަށް ނުވަދެވޭތީ ދޯ އިއްޒަތްތެރި ޝިފާއު ކަލޯ؟ ވައްޓާލާ . ކަލޭމެނަކީ ނަހަލާލު ކަންތައް ކުރަން ފޮނުއްވާފައި ތިބި ބައެއް ވިއްޔާ. އުތުރު ކަރައިގެ ގެރިތަކުގެ އަތެއް ނެތްބާ؟

  2. އިހަވައްދޫދާއިރަގެމެއްބަރުތިއައުޅެޏީޗޯރުއިބޫވެރިކަމުގަވަށްކަޢކުރިހެއްމުޣިއްޒުވެރިކަމުގަ
    ވަށްކައްސިފާއުމެޢނައްނުކުރެވޭނެއަތި)ނިކައްވިސްނާފިކުރުކޮއްބަލަ).ތިއައެމްޑީޕީމެޖޯރެޓިގެބޭނުނުހަމަގޮތުގަކައްތައްތައްކުރަމުއްގެއްދިއައިރުރާއްޖޭގެރަތްޔިތުއްތިބީވަރައްގަތުއްބަލައް
    ވަށްކަމާއިމީހުއްމެރުމާއިގޮއްނޭގޭއެތައްބައެއްމަރުވެއެތައްބަގެއްލިމީގެއިތުރައްޓެކުމާއިފޭރުމާއި
    އެއްޖިއްސުއްކާވެނިކުރުމާއި)އެއްޖިއްސުއްފާހިސުކައްތައްކުރުމާއިމިސްކިއްތަކައްގަމޯހާޖާކުރުމާއިމެހެއްގޮސް)މާތﷲނަހީކުރެއްވެހުރިހާކަމެއްކުރަމުއްދިއައިރުވެސް.ތިއަމެޖޯރިޓީގެ
    ލަގައްޙިފަހައްޓާގެއްތިއްބެވި.ގައުމައްހަރާންކޯރުވިމެއްބަރުއް).ކީންވެގެއްތޯ)ރައިސްސޯލިހު
    އަޒުލްކުރައްގަރާރުހުސަނޭޅުއްވީ)މިހާރުވަގައްދަމާދޮރުތައްބައްދުވީމަމިހަރުތިއައުޅެނީއަމަލުއަރާގެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު