ހުލުމާލޭގައި ދަރިޔަކު މަންމަޔަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
މި ޙަދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ މިހަމަލާގައި ޒަޚަމްވެފައިވަނީ 51 އަހަރުގެ އަންހެނެއް ކަމަށާއި، އަންހެން މީހާގެ ހާލު ސީރިއަސްކަމަށެވެ. އަންހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުންގެ ވިދާޅުވީ ހުޅުމާލޭ ފޭސް 1 ގެ ފްލެޓެއްގައި، ހިނގި މިމައްސަލަ ރިޕޯޓްކޮށްފައިވަނީ، މިރޭ 18:50 ހާއިރުކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.