"ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ހުއްދަ ދޭން ނިންމީ، އެކަމަށް ރަނގަޅަށް ބެއްލެވުމަށްފަހު"

ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ހުއްދަ ދޭން ނިންމީ، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ތިބި ޢަދަދުތައް ރަނގަޅަށް ބެއްލެވުމަށްފަހުގައި ކަމަށް، މަސައްކަތްތެރިން ނެތްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ވަޒީރު އިޙުސާނު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބީ ބަންގްލަދޭޝްގެ، 90،624 މަސައްކަތްތެރިންކަމަށެވެ. މި މަޢުލޫމާތު އެއްކޮށްފައިވަނީ އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް ނިޒާމުގެ ތެރެއިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ވުޒާރާއިން ނެރުއްވި އިޢުލާނެއްގައި ވަނީ، ރާއްޖެއަށް އަލުން ބަންގްލަދޭޝްގެ، އަންސްކިލްޑް ލޭބަރުން ގެނައުމުގެ ހުއްދަ ދޭން ނިންމަވާފައިވާ ކަމަށާއި، އަދި އެހެން ޤައުމުތަކުން ރާއްޖެއަށް ބިދޭސީން ގެނައުން މަޑުޖައްސާލުމަށް ވަނީ އަންގަވާފައެވެ.

ރައީސް ޞާލިޙުގެ ސަރުކާރުގެ ދުވަސްވަރު، 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހު ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެއް ޤައުމަކުން އެންމެ ގިނަވަގެން އެތެރޭވެވޭނީ 1 ލައްކަ މީހުންނެވެ. އެ ޢަދަދު ހަމަވެފައިވާތީ، ބަންގްލަދޭޝްގެ ރައްޔިތުން ވަޒީފާގެ ބޭނުމުގައި ރާއްޖެ އެތެރެވުން އޭރު އޮތީ މަނާކޮށްފައެވެ.

އަލުން ބަންގްލަދޭޝްގެ ލޭބަރުންނަށް ހުއްދަ ދިނުމުގައި ޤާނޫނީ އިމުން ބޭރުން އެކަން ކުރަމުންދާކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލުގެގެ އިތުރުން އެހެން ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ހުއްދަ ދޭން ނިންމީ، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ތިބި ޢަދަދުތައް ރަނގަޅަށް ބެއްލެވުމަށްފަހުގައި ކަމަށާއި، ކަމާގުޅުންހުރި އިދާރާތަކުން ނެރޭ އެކިއެކި ތަފާސްހިސާބުތަކާއި މަޢުލޫމާތުގައި ހިމަނާފައިހުންނަނީ، މަސައްކަތްތެރިންގެ ގޮތުގައި ރެޖިސްޓަރކޮށް ރާއްޖެއަށް މީހުން އެތެރެވާ މީހުންގެ ޢަދަދުތައްކަމަށެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެއަށް އުސޫލުގެ ތެރެއިން މީހުން އެތެރެކުރިނަމަވެސް، ވަރަށް ގިނަ މީހުންނަކީ ގަވައިދުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކުރާ މީހުންކަމަށާ، އަދި ބިދޭސީން ރާއްޖެ ދޫކޮށް ދިއުމުންވެސް އެމީހުން ރާއްޖެ ގެންނަ މީހުން، އެ މަޢުލޫމާތު ރެޖިސްޓަރ ކުރަން ހުށަނާޅާކަމަށެވެ.

"ލީގަލްކޮށްވިއަސް އިލީގަލްކޮށްވިއަސް ރާއްޖޭގައި ތިބި ޖުމްލަ ޢަދަދަކީ 90،624 ބަންގްލަދޭޝަން މީހުން. އެއީ ޤާނޫން ބުނާ އަދަދަށްވުރެ މަދު އަދަދެއް. އެހެންވީމަ މިހާރު ދީފައިވާ ހުއްދައަށް އަދި ޤާނޫނަށް ފުށުނާރާ." ވަޒީރު ޢަލީ އިޙުސާނު ވިދާޅުވިއެވެ.

ބިދޭސީއެއް ރާއްޖެއިން ވަޒީފާ ދޫކޮށް ފުރައިގެން ދިޔަނަމަވެސް އޭނާގެ އެމަޢުލޫމާތު އަޕްޑޭޓްނުކުރާހާ ހިނދަކު ސިސްޓަމުން ދައްކާނީ އެއީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ރެޖިސްޓަރ ކޮށްފައިވާ މީހެއްގެ ގޮތުގައިކަން ފާހަގަކުރައްވަމުން، ބިދޭސީންގެ ކަންކަން ގަވައިދުން ބަލަހައްޓަނީ ގާތްގަނޑަކަށް %50 މީހުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހަމައެހެންމެ، މި ދާއިރާ ހަރުދަނާކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭކަމަށާ، ބިދޭސީންނާ ގުޅޭކަންކަން ހަރުދަނާކުރަން މުހިންމު މަސައްކަތްތަކެއް ފަށްޓަވާނެކަމަށްވެސް ވަޒީރު އިޙުސާން ވަނީ ފާހަގަކުރައްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އޭސިޔާގެ ހުރިހާގައުމެއްގަވެސްބަންގާޅީންއިންޑިޔާމަސައްކައް ތެރިންއުޅޭއަދިޔޫރޕުގައުމުތަކުގަވެސްމިހާމިނިވަންކަމާއިއެކުބިދޭސީން އުޅޭގައުމެށްނެއްކަންފާހަގަކުރެވޭމިގައުމުގެމުޅިއެކޮނަމިކުއޮތީބަންގާޅީންގެ އައްމތީފިހާރަތަކާރެސްޓޯރެންޓްތަކާއިސާހޮޓާތަކާއިމާރުކޭޓްތަށް މިގައުމުގެރައިޔަތުންނަށްވުރެބަންގާޅީންގެބާރުގަދަމިކަމަށްއޮތްހައްލަކީ މަސައްކަތަށްގެންނަބިދޭސީންތިބެންވާނީއެސައިޑެށްގަރޭގަޑުވެސް 10ގެ ފަހުންބޭރުތެއިންފެނިގެންނުވާނެމީދުނިޔޭގެއެހެންގައުމުތަކަވެސް ބިދޭސީންތިބޭނީއެމީހުންގެސައިޑުގަމިގޮތަށްހަމަޖެހިގެންނޫނީރަގަޅެށްނުވާނެ

  2. ބިދޭސީންނަކީ މަސައްކަތަށްގެއްނަމީހުންފިހާރަތަކުގެސީޓުންނަށާއި ރެސްޓޯރެންޓްތަކުގެ،ސާހޮޓާތަކުގެސޭޓުންނަށާއި އަމިއްލައަށްއެއްވެސް އުސޫލެށްނެތިވިޔަފާރިކުރެވިގެނުވާނެ.މާރުކޭޓުގަވެސްސޭޓުންނަށްތިބެންވާނީދިވެހިން މިގައުމުގެބައެއްމީހުންހުރިހާ އާރަކާއިބާރެށް ރގެއްނަ ބިދޭސީމަސައްކަތުމީހާގެއައްމައްޗަށްދޫކޮއްލުމީހެދޭގޯހެށްމިގައުމުގާ މަސައްކަތަށްގެއްނަނިކަމެތިބިދޭސީމީހާއަކީ 6މަސްދުވަސް ތެރޭ މަހުޖަނަކަށްވެދޭ މިވާގޮތް ދިރާސާކުރެވޭތޯ؟މިރާއްޖޭގެހުރިހާވިޔަ ފާރިއެއްފައިސާއަރަނީބިދޭސީމީހާގެއައްމައްޗަށް ދެންވިސްނާ

  3. މިސަރުކާރުން ހިނގާނެ އެއްމެ ބިޔަ ޕުރޮޖެކުޓުކަމަށް ވާނެ. ބަންގާލޫންއައިސް ދިވެހިންނަށްވުރެ ދަގަކޮށް މިޤައުމުގައި އުޅުން. ހުރިހާ ސަރުކާރަކުންވެސް މިވީހާތަނަށް ހިންގޭ އެއްމެ މެގާޕުރޮޖެކުޓުމީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު