Monday, 16 September 2024

މަޖިލިސް މެމްބަރަކަށް މަހަކު 100،000 ރުފިޔާ ލިބޭ ގޮތަށް މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 100،000 ރުފިޔާ ލިބޭ ގޮތަށް މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި ބަދަލާއެކު ކޮމިޓީން ފާސްކުރީ މެންބަރުންނަށް 80،000ރ. ގެ މުސާރައެކެވެ. މިއަދު ކޮމިޓީން މިގޮތަށް ފާސްކުރުމުން، ކޮމިޓީ އެލަވަންސްތައް ކުރިއެކޭ އެއްގޮތަށް ލިބޭނެވެ. ކޮމިޓީ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް 20،000ރ. ގެ އެލަވަންސް ލިބެއެވެ. އެހެންކަމުން ބޮޑުކުރި މުސާރައާއެކު މަހަކު 100،000ރ. ގެ މުސާރައެއް މެމްބަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާގައި ބައެއް މެންބަރުން ވަނީ އަންނަ ދައުރުން ފެށިގެން މި ބަދަލަށް އަމަލުކުރަން ހުށަހަޅުއްވައިފައެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، އެ މަޖިލީހަކުން އަމިއްލަ މުސާރަ ބޮޑުކުރުމަކީ ނުބައި ޕްރެކްޓިސްއަކަށް ވެދާނެ ކަމަށާއި ބާކީ އޮތް ހަ ވަރަކަށް މަސް ދުވަހު ބޮޑު ނުކުރުމަށް އޭނާ ހުށަހެޅުއްވިއެވެ.

އެ ކަމަށް ދެކޮޅު ހައްދަވައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ދައުރު ނިމެން ކުޑަތަން ވެފައިވަނިކޮށް މުސާރަ ބޮޑުކުރަނީ އަންނަ ދައުރުގެ މެންބަރުންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ބޮޑުކުރަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނޫން ކަމަށާއި މަޖިލީހުން މުސާރަ ކަނޑައަޅާ ހުރިހާ މަގާމުތައް ކަމަށެވެ.

މަޖިލިސް މެންބަރުންނަށް ކުރިން ލިބެނީ ކޮމިޓީ އެލަވަންސާއެކު 80،000ރ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު