Saturday, 22 June 2024

ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލެއްވީ ޝުޖާއު އާއި ނަވީން!

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރު އަލީ ޝުޖާއު އާއި އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން ކުރިމަތިލައްވައިފިއެވެ.

އެނގިފައިވާ ގޮތުގައި، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުށަހެޅުއްވުމުގެ މުއްދަތު މިއަދުގެ މެންދުރު 12 ޖެހުމާ ހަމައަށް ހުޅުވައިލުމުން ފޯމު ހުށަހެޅުއްވީ އޭސީޕީ ޝުޖާއު އާއި ނަވީން ކަމަށެވެ. އެހެންވެ، އެ ދެ ބޭފުޅުންގެ ނަން ޕޮލިސް ބޯޑަށް މިހާރު ފޮނުއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުުހުންގެ ޚިދުމަތުގެ ގާނޫނު ބުނާގޮތުން ޕޮލިސް ކޮމިޝަނަރު ކަމަށް ނަގަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ.

ހަމައެހެންމެ، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަން ކުރުމަށް ފަހު ކަމަށް ގާނޫނުގައިވެއެވެ. ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

އެ މަޤާމު މިދިޔަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ހުސްވީ އެ މަޤާމުގައި ހުންނެވި މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުން އެ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެކްޓިން ކޮމިޝަނަރުގެ މަޤާމު މިހާރު ފުރުއްވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު