Wednesday, 19 June 2024

19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ހަވާލުކޮށްފި

ރާއްޖޭގެ 19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ކޮންޓްރެކްޓަރުންނާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެކްސެލެރޭޓިން ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް) މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މި މަސަތްކަތުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

އެންވާރްމަންޓް މިނިސްޓްރީން ވިދާޅުވި ގޮތުގައި އެރައިސް މަޝްރޫއަކީ ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވޮލޮޕްމަންޓް އެސޯސިއޭޝަން (އައިޑާ) އާއި އޭޝިއަން އިންފްރާސްޓަރަކްޗާ އިންވެސްޓްމަންޓް ބޭންކު (އޭއައިއައިބީ)ގެ ލޯނާއި ހިލޭއެހީގައި ހިންގުމަށް ރާވާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މިއަދު ހަވާލުކުރި ރަށްތަކަކީ:

  • އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް
  • ފުވައްމުލަށް ސިޓީ
  • ތިނަދޫ ސިޓީ
  • ބ. އޭދަފުށި
  • ކުޅުދުއްފުށި ސިޓީ
  • ޅ. ހިންނަވަރު
  • ލ އަތޮޅުން ފޮނަދޫ، އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، ކުނަހަންދޫ އަދި ހިތަދޫ
  • ށ. ފުނަދޫ

އައިޑާއިން އެ މަޝްރޫއަށް 6.2 މިލިއަން ޑޮލަރުގެ ހިލޭ އެހީއެެއް ދޭއިރު އޭއައިއައިބީން 20 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ހަމަޖައްސާފައެވެ.

އެރައިސް މަޝްރޫއުގެ މަސައްކަތްތައް 2021 ވަނަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ. ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫޢުއިން 40 މެގޮވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް ވެސް ވަނީ ރާވާފައެވެ.

އަދި ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު