މެންބަރުންގެ މުސާރަ ބޮޑުކުރުމާ ދެކޮޅަށް ވާހަކަދައްކާތީ ޔާސިރުގެ ނުރުހުން

މެންބަރުންގެ މުސާރަބޮޑުކުރުމާ ދެކޮޅަށް ވާހަކަދައްކާތީ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބުދުލަޠީފް ނުރުހުން ފާޅުކުރައްވައިފިއެވެ.

ޔާސިރު މިހެން ވިދާޅުވެފައިވަނީ، ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މަލްޝާ ޝަރީފް މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފައިވާތީ އެކަމާ ދެކޮޅަށް އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން، އެ ޕޯސްޓަށް ރައްދުދެއްވަމުންނެވެ.

ޔާސިރު ވިދާޅުވީ، ޑެޕިއުޓީ މިނިސްޓަރަކަށް ހުންނަވާއިރު އެހާބޮޑަށް ރައްޔިތުން ޑިސިވްކުރައްވަން މަސައްކަތްކުރައްވާކަށް ނުވާނެ ކަމަށާާއި،  2024 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދައިލަތުގެ މުސާރަދޭ ފަރާތްތަކުގެ ޕޭ ހާރމަނައިޒޭޝަން ބަޖެޓު ކުރެވިފައިވާނެ ކަމަށެވެ. އަދި  އެކަން އަދުގެ މާލީވަޒީރަށް އެނގިލައްވާނެ ކަމަށެވެ.

"ދެން މަލްސާ ތިއޮތް އުޅުއްވާގޮތެެއް، ކުރިން އެގޮތަށް އުޅެވިފައި ހުއްޓަސް ޑެޕިއުޓީ މިނިސްޓަރަކަށް ހުންނަވާއިރު އެހާބޮޑަށް ރައްޔިތުން ޑިސިވްކުރައްވަން މަސައްކަތްކުރައްވާކަށް ނުވާނެ. 2024 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދައިލަތުގެ މުސާރަދޭ ފަރާތްތަކުގެ ޕޭ ހާރމަނައިޒޭޝަން ބަޖެޓު ކުރެވިފައިވާނެ. އެކަން އަދުގެ މާލީވަޒީރަށް އެނގިލައްވާނެ. އޭގެ ތެރެއިން އެއްބަޔަކަށް މުސާރަތައް ކަނޑައެޅުމުގެ ޒިންމާ މަތިކުރެވިފައި އޮންނަނީ ރައްޔިތުންގެ މަޖިލިސް އަށް. އޭގެ ތެރޭގައި، ރޖ، ނ ރައީސް، މަޖިލިސް ރައީސް އަދި ނ ރަީސް، އުއްތަމަ ފަނޑިޔާރު، މަޖިލިސް މެމްބަރުން، ވަޒީރުން، ގަވަަނާރ، އޭޖީ، ޕީޖީ، ފަނޑިޔާރުން، ޤާޟީން، މެޖިސްޓްރޭޓުން، ވަޒީރުން، މޭޔަރުން، ރަށުރައީސުން، ކައުންސިލް ތަކުގެ މެމްބަރުން، މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކުގެ ރައީސުން، ނައިބުން، މެމްބަރުން، އަދިވެސް އިތުރު ބައެއް ފަރާތްތައް." ޔާސިރު ވިދާޅުވިއެވެ.

ޔާސިރު އިތުރަށް ވިދާޅުވީ، އަންނަ އަހަރު ކުރަން ކަނޑައެޅި ކަންތައް މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ ކަމުގައި ގަބޫލުކުރައްވާ ކަމަށާއި، އަދި މިއަދު މިކުރެވުނީ އެމަސައްކަތް ކަމަށެވެ.

"މުސާރަތައް ކަނޑައެޅުމުގައި ދައުލަތުގެ މާޤާމްތައް އެތުރިފައިވާ ގޮތަށް ރިޢާޔަތްކުރެވިފައި ވާނެ. އެކިމަޤާމްތަކަށް ކުރިއެރުން ލިބިފައިވާ % އާއި މެދު ހިޔާލް ތަފާތުވުމަކީ މައްސަލައެއް ނޫން، އެކަމަށް ހިޔާލުވެސް ދެވޭނެ، ބަހުސް ހިންގޭނެ، ތަޅުމުގައި އިސްލާހުވެސް ހުށަހެޅޭނެ. އަދި މިއިން ކޮންމެ ނިންމުމެއްވެސް ފާސްވާނީ ތަޅުމުން." ޔާސިރު ވިދާޅުވިއެވެ.

މިމަސައްކަތަކީ އެމް.ޑީ.ޕީގެ މެމްބަރުން އަމިއްލަ އެދުން ބޮޑުވެގެން ކުރަންއުޅޭ ކަމެއް ކަމުގައި ސަރުކާރުގެ އިސްމަގާމެއްގައި ހުންނަވައިގެން ރައްޔިތުންނަށް ވިސްނަދެއްވަން އުޅުއްވުމަކީ ދެރަކަމެއް ކަމަށާއި، އެމް.ޑީ.ޕީގެ މެމްބަރުން މިކަން ބޭނުންވި ނަމަ މިކަން ކުރާނީ 2020 އަހަރު ކަމަށެވެ.

" ދައުރު ނިމެން ވީމައި ނޫން ދެއްތޯ؟ ޕީ.އެން.ސީއިން މަޖިލިސްއަށް އަލަށްވާދަ ކުރައްވާ ބޭފުޅުންނަށް ދަންނަވާލަން، ރައްޔިތުންގެ މަޖިލިސްއަށް މެންޑޭޓް ކުރެވިފައިވާ މަސައްކަތްތައް ރަނގަޅަށް ކުރުމަށް ނިޔަތް އޮތްނަމަ ވިސްނައިގެން ވައުދުވެލައްވާތި. އަދި ސަރުކަަރުން ޕޭހަަމަނައިޒޭޝަންގެ މަސައްކަތް ނިންމަވާ، ދައުލަތުގެ ދެންތިއްބެވި މުވައްޒަފުންގެ މުސަަރާތަކަށް އެބަދަލު އަވަހަށް ގެނެސްދެއްވުމަށް ގޮވާލަން." ޔާސިރު ވިދާޅުވިއެވެ.

ޔާސިރު މިހެން ވިދާޅުވިއިރު،

ރައީސާއި ނައިބު ރައީސާއި ދައުލަތުގެ އިސް މަގާމުތައް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފައެވެ. މަޖިލިސް ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް މި މަގާމުތަކަށް މުސާރަ ބޮޑުކުރަން އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވަނީ ހިމަނައިފައެވެ. މުސާރަ ބޮޑުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ނިންމީ ހުރިހާ މަގާމުތަކަށް ވެސް މުސާރަ ބޮޑުކުރާށެވެ. މި ބަދަލުތައް ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ

ގުޅުންހުރި:

މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރުމާ ޑިމޮކްރެޓުން ދެކޮޅު، “ގައުމު މިދަނީ ބަނގުރޫޓު ވުމާ ދިމާލާށް!”

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު