Wednesday, 19 June 2024

މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް ކޮމިޓީގައި ވޯޓު ނުދެން: ރިޔާޒް

މަޖިލިސް މެމްބަރުންގެ މުސާރަބޮޑުކުރުމަށް ކޮމިޓީގައި ވޯޓު ނުދެއްވާ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލިސް މެމްބަރުންގެ މުސާރަބޮޑުކުރުމަށް ކޮމިޓީގައި ވޯޓު ނުދެއްވާ ކަމަށާއި، އަދި އެކަމާ ދެކޮޅަށް ބަހުސްވެސް ކުރެއްވި ކަމަށެވެ.

"މަޖިލިސް މެމްބަރުންގެ މުސާރަބޮޑުކުރުމަށް ކޮމިޓީގައި ވޯޓު ނުދެން. އަދި އެކަމާ ދެކޮޅަށް ބަހުސްވެސްކުރިން." ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް މިހެން ވިދާޅުވެފައިވާއިރު،ރައީސާއި ނައިބު ރައީސާއި ދައުލަތުގެ އިސް މަގާމުތައް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފައެވެ.

މަޖިލިސް ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް މި މަގާމުތަކަށް މުސާރަ ބޮޑުކުރަން އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

މުސާރަ ބޮޑުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ނިންމީ ހުރިހާ މަގާމުތަކަށް ވެސް މުސާރަ ބޮޑުކުރާށެވެ. މި ބަދަލުތައް ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ގުޅުންހުރި:

މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރުމާ ޑިމޮކްރެޓުން ދެކޮޅު، “ގައުމު މިދަނީ ބަނގުރޫޓު ވުމާ ދިމާލާށް!”

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު