ޤައުމުގެ އިޤްތިޞާދީ ހާލަތު ދަށް ދުވަސްވަރެއްގައި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ޤައުމަށް ފައިދާހުރިގޮތެއް ނޫން އެމްއެންޕީގެ ލީޑަރ އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙަައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ނާޒިމު މިހެން ވިދާޅުވެފައިވަނީ، ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން މަޖިލިހުގެ ކޮމިޓީން ނިންމެވި ނިންމެވުމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނާޒިމު ވިދާޅުވީ، ހާއްސަކޮށް މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކޮށް މެންބަރުން އިތުރުކުރުމަކީ އެހާމެ ކަންބޮޑުވާކަމެއް ކަމުގައެވެ. މިގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އަގްލަބިއްޔަތުން މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރަން ފާސްކުރިކުރުން މަޖިލީހުގެ ތަޅުމުން ފާސްނުކުރުމަށް ގޮވާލާ ކަމަށްވެސް ނާޒިމު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި ގައުމުގެ އިޤްތިޞާދީ ހާލަތު ދަށް ދުވަސްވަރެއްގައި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ގައުމަށް ފައިދާހުރިގޮތެއް ނޫން. ހާއްސަކޮށް މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކޮށް މެންބަރުން އިތުރުކުރުމަކީ އަޅުގަނޑު އެހާމެ ކަންބޮޑުވާކަމެއް. މިގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އަގްލަބިއްޔަތުން މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރަން ފާސްކުރިކުރުން މަޖިލީހުގެ ތަޅުމުން ފާސްނުކުރުމަށް ގޮވާލަން." ނާޒިމް ވިދާޅުވިއެވެ.
އަޅުގަނޑު ދެކޭގޮތުގައި ގައުމުގެ އިޤްތިޞާދީ ހާލަތު ދަށް ދުވަސްވަރެއްގައި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ގައުމަށް ފައިދާހުރިގޮތެއް ނޫން. ހާއްސަކޮށް މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކޮށް މެންބަރުން އިތުރުކުރުމަކީ އަޅުގަނޑު އެހާމެ ކަންބޮޑުވާކަމެއް. މިގޮތުން މަޖިލީހުގެ…
— Mohamed Nazim (@nazim7878) December 20, 2023
ނާޒިމު މިހެން ވިދާޅުވިއިރު، ރައީސާއި ނައިބު ރައީސާއި ދައުލަތުގެ އިސް މަގާމުތައް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފައެވެ.
މަޖިލިސް ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް މި މަގާމުތަކަށް މުސާރަ ބޮޑުކުރަން އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
މުސާރަ ބޮޑުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ނިންމީ ހުރިހާ މަގާމުތަކަށް ވެސް މުސާރަ ބޮޑުކުރާށެވެ. މި ބަދަލުތައް ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީން ބޮޑުކުރަން ފާސްކުރި ގޮތް
- ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000ރ.
- ރައީސުލްޖުމްހޫރިއްޔާގެ ނައިބު – 93،000ރ.
- މިނިސްޓަރުން – 72،000ރ.
- ރައްޔިތުންގެ މަޖިލިސް މެންބަރުން – 80،000ރ.
- މަޖިލީހުގެ ރައީސް – 90،000ރ.
- މަޖިލީހުގެ ނައިބު ރައީސް – 88،000ރ.
- އުއްތަމަ ފަނޑިޔާރު – 91،000ރ.
- އެމްއެމްއޭ ގަވަރުނަރު – 74،000ރ.
- އޮޑިޓާ ޖެނެރަލް – 74،000ރ.
- ޕްރޮސެކިއުޓާ ޖެނެރަލް – 74،000ރ.
މީގެ އިތުރުން ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުންނާއި މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެންބަރުންނާއި ސިޓީ އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ކައުންސިލަރުންގެ އާ މުސާރަ:
- މޭޔަރު – 46،000ރ.
- ޑެޕިއުޓީ މޭޔަރު- 40،500ރ.
- ސިޓީ ކައުންސިލް މެންބަރުން 35،000ރ.
- އަތޮޅު ކައުންސިލް ރައީސް 33،000ރ.
- ރަށު ކައުންސިލް ރައީސް 25،500ރ.
- ރަށު ކައުންސިލް ނައިބުން 20،000ރ.
- ރަށު ކައުންސިލަރުން 18،000ރ.
ކޮމިޓީން މި ބަދަލު ގެނައި ނަމަވެސް ރައީސާއި ނައިބު ރައީސްގެ މުސާރައިގެ އަދަދު ވަކި ގޮތަކަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާތީ އެކަމަށް އިސްލާހު ގެނައުމަށް ލަފާދިނުމަށް ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.



