Monday, 14 October 2024

މަޝްވަރާ ކުރުމެއް ނެތި މުސާރަ ބޮޑުކުރަން ނިންމީ ސަރުކާރާމެދު ނަފުރަތު އުފައްދަން: ޝަހީބު

ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމާ ގުޅޭ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކޭ ކަމަށެވެ.

"ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެން." ޝަހީބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުންގެ މުސާރަބޮޑުކުރަން ސަރުކާރުން އެދިފައި ނުވާނެކަމަށާ އަދި އެކަން އެގޮތަށްކުރަން ބޭނުންފުޅު ނުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެސް ވަނީ ހާމަކުރައްވާފެއެވެ. އަދި އެކަންކޮށްފައި ވަނީ ސަރުކާރާ އެއްވެސް މަޝްވަރާކުރުމެއް ނެތިކަމަށާއި އެ ގެންނެވި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ އިޖުތިމާޢީ ފަންޑަކަށް ހަދިޔާކުރުމަށް ނިންމަވާފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމެވި ނިންމެވުމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅުގައި މިފަދަ ނިންމެވުމެއް ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، ރައީސާއި ނައިބު ރައީސާއި ދައުލަތުގެ އިސް މަގާމުތައް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފައެވެ.

މަޖިލިސް ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް މި މަގާމުތަކަށް މުސާރަ ބޮޑުކުރަން އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

މުސާރަ ބޮޑުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ނިންމީ ހުރިހާ މަގާމުތަކަށް ވެސް މުސާރަ ބޮޑުކުރާށެވެ. މި ބަދަލުތައް ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު