Saturday, 22 June 2024

ގެނބުުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލޭ ބާބަކިޔު ސަރަހައްދާއި ދިމާލު މޫދުގައި ގެނބުނު އަންހެނަކު ސަލާމަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ ސަރަހައްދުގައި އަންހެނަކު ގެނބޭ ކަމަށް ރޭ 12:31 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ފުލުހެއްގެ އެހީތެރިކަމާއެކު އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.

އުމުރުން 32 އަހަރުގެ އެ އަންހެން މީހާ ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އާއިލާއާ ހަވާލުކުރުމަށްފަހު މިހާރު އައިޖީއެމްއެޗަށް ފޮނުވާލާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެ މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުސް މީހާ ކޮންމެވެސް ވަރަކަށް ލޮނުބޮވި ހާލު ގޯސްވެގެން ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. އަދި އެ ފުލުސް މީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު