Thursday, 12 September 2024

ފައިލޭރިއާއަށް އިތުރު 6 މީހަކު ފައްސިވެ ޖުމްލަ އަދަދު 25 އަށް އަރައިފި

ކުޅުދުއްފުށި ސިޓީން ފައިލޭރިއާ އަށް އިތުރު ހަ މީހުން ފައްސިވެ، އެ ރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 25 އަށް އަރައިފިއެވެ.

ރާއްޖެއިން މީގެކުރިން ނައްތާލާފައިވާ ފައިލޭރިއާ ޖެހިފައިވާ ބަޔަކު ކުޅުދުއްފުށި ސިޓީން ފެނިފައި ވަނީ އެއިޑްސް ދުވަހާ ގުޅިގެން މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކެމްޕެއިންގެ ތެރެއިންނެވެ. އެފަހަރު 17 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އޭގެ ފަހުން އިތުރު ދެ މީހަކު ވެސް ފައްސިވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިންގެ ހެލްތު ސްކްރީނިންގް ކޭމްޕްގައި ބައިވެރިވި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ބައެއް މީހުން ފައްސި ވުމާ ގުޅިގެން މިމަހުގެ އެކަުން އިން 19 އަށް ކުރެވުނު ސްކްރީނިންގް އިން ޖުމްލަ 25 ބިދޭސީން ވަނީ ފައްސިވެފައިވާ ކަމަށެވެ.

ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުން ނައްސިވެފައިވާ ކަމަށާއި، މި ފަރާތްތައް ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ގައުމު ތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

ކައިރި ރަށްތަކުން މީހުން ކުޅުދުއްފުއްޓަށް އަބަދުވެސް ދަތުރުކުރަމުންދާތީވެ، އެޗްޕީއޭ އިން ވަނީ އެރަށްތަކުގެ ތިބި ބިދޭސީންވެސް ޓެސްޓު ކުރަން ނިންމާފައެވެ. އަދި ކުޅުދުއްފުށިންވެސް ވަކި ތަރުތީބެއް ނެތި ސުންކު ނަގައި ދަނީ ޓެސްޓު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް ދިވެއްސަަކު މި ބައްޔަށް ފައްސިވެފައެއް ނުވެއެވެ.

ދިވެހި ރާއްޖެއަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ކާމިޔާބުކަމާއި އެކު ފައިލޭރިޔާ ނައްތާލި ފުރަތަމަ ޤައުމެވެ. ފައިލޭރިއާއަކީ އާންމުކޮށް ކިއުލެކްސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. މި މަދިރި އުފެދި އާލާވަނީ އާންމުކޮށް ހަޑި ފެނުގައެވެ. ފައިލޭރިއާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން ބޭރަށް އަލާމާތެއް ނުފެނި ހުރެދާނެއެވެ. އެހެން ނަމަވެސް ދިގު މުއްދަތަކަށްފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުން، ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. މި ބަލީގެ އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިވެސް ކުރީ ސަރުކާރުގަ ވީކަމެއްނަމަ ހުންނާނެ ފޯރި އިބޫއަށް ބަވާދައްކާލާނެ މުއިއްޒު ސަރުކާރު ވީމަ މުޅި ކުޅުދުއްފުއްޓައް ފެތުރޭއިރުވެސް އަގައިން ބުނާނެ މީހަކުވެސް ނުވެ ހަމަ އޯކޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު