Saturday, 22 June 2024

އިސްލާމީ މަރުކަޒުގައި މާދަމާ ހުކުރު ކުރައްވަނީ ޑރ. ޝަހީމް

މާދަމާ މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި ހުކުރު ކުރައްވާނީ‎ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މާދަމާގެ ޚުޠުބާގެ މައުޟޫޢުއަކީ ‎"ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން" އެވެ.

މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙަައްމަދު ޝަހީމް ޢަލީ ސަޢީދަކީ، ދިވެހި ރާއްޖެއާއި ޕާކިސްތާނާއި މިޞްރާއި ސަޢޫދީ ޢަރަބިއްޔާއާއި މެލޭޝިޔާއިން އިން ތަޢުލީމް ޙާޞިލުކުރައްވާފައިވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ޙާޞިލުކުރައްވައި، ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) (ޕީއެޗްޑީ) ޙާޞިލްކުރައްވައިގެން ހުންނެވި ޢިލްމީ ޤާބިލު ބޭފުޅެކެވެ.

ރައީސް ޔާމީންގެ ދައުރުގައި އިސްލާމިކް މިނިސްޓަރ ކަންވެސް ކުރެއްވި، ޑރ. ޝަހީމް ވެވަޑައިގެންފައިވަނީ، މިވީ ތަނަށް އުފެދުނު އެންމެ ހިންގުންތެރި އިސްލާމިކް މިނިސްޓަރ ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު