Saturday, 15 June 2024
ރައީސް މުޢިއްޒު ތުރުކީ ވިލާތަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ތުރުކީގެ ރައީސްއާ އެކު

ތުރުކީން ދޭ 30 ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ތުރުކީވިލާތުން ރާއްޖެއަށް ދޭ ސްކޮލަރޝިޕްގެ 30 ފުރުސަތަށް ކުރިމަތިލާން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ތުރުކީވިލާތުން ރާއްޖެއަށް ދޭ މިސްކޮލަރޝިޕް ފުރުސަތުގެ ތެރޭގައި ހިމެނެނީ ޓްރޭނިންގ ނީޑްސް ލިސްޓްގައިވާ އެކިއެކި ދާއިރާތަކުން 15 ބެޗްލަރސް ޑިގްރީ އާއި 10 މާސްޓަރ ޑިގްރީ އާއި 5 ޑޮކްޓޯރަލް ޑިގްރީއެވެ.

މިކަމާ ގުޅޭގޮތުން، މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިސްކޮލަރޝިޕްގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް (ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް) ހަމަޖައްސާނީ ކޯސް އިންތިޒާމް ކުރާ ފަރާތުން ކަމަށެވެ. އަދި ފައިނަލް ސިލެކްޝަން ހަދާނީވެސް ކޯސް އިންތިޒާމް ކުރާ ފަރާތުން ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން ލިބޭ ޚަރަދުތަކާއި އެހެނިހެން މައުލޫމާތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ އިޢުލާންނާއި، ވެބްސައިޓާއި، ތުރުކީގެ ވެބްސައިޓުގައިވަނީ ހިމަނާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް، އެރެންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ދިވެހިރާއްޖެއަށް ތުރިކީން ދޭ ސްކޮލަރޝިޕްތަކުގެ އަދަދު ވަނީ 30 އަށް އިތުރުކޮށްދެއްވާފައެވެ.

ތުރުކީވިލާތުން ރާއްޖެއަށް ދޭ ސްކޮލަރޝިޕްގެ 30 ފުރުސަތަށް ޝައުޤުވެރިވާ ފަރާތަކުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ 13:30 އާ ހަމައަށް "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، އެޕްލިކޭޝަންތައް ވަޒަންކޮށް، ނަތީޖާ އާންމުކޮށް އިޢުލާން ކުރާނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ވެބްސައިޓުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު