Saturday, 15 June 2024

ރަސްމާލެ ހިއްކާ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ފައިސާއެއް ނުދޭ: އާބަންކޯ

ރަސްމާލެ ހިއްކާ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ފައިސާއެއް ނުދޭ: އާބަންކޯ އިން ހާމަކުރައްވައިފިއެވެ.

"ރަސްމާލެ" މަޝްރޫޢާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މިމަސައްކަތް ހަވާލުކޮށްފައިވާ 3 ކުންފުނިންޏާއި މަސައްކަތް ޙަވާލުކުރީ އެފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢެވެ. މި މަޝްރޫޢުގެ އަގާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފަޒުލް ވިދާޅުވީ، މިމަޝްރޫޢު ކުރިއަށް ގެންދަނީ ބިން ހިއްކައިގެން އެބިން ވިއްކައިގެން އަގު އަދާކުރާ އުސޫލުގެ ދަށުން ކޯޕަރޭޓް ގެރަންޓީއާ އެކުގައިކަމަށެވެ.

"ރަސްމާލެ ހިއްކާ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ފައިސާއެއް ނުދޭ، ޕްރޮޖެކްޓު ހަވާލުކުރެވިފައިވަނީ ޕްރޮޖެކްޓު ހިންގާ ކުންފުނިން މަސައްކަތުގެ ހަރަދު ބަލަހައްޓާ ގޮތަށް" އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.

ރަސްމާލެ ތަރައްޤީކުރުމަށް ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން ހިއްކުމުގެ ބަދަލުގެ ގޮތުގައި މިމަޝްރޫޢުގެ ކޮންޓްރެކްޓްގައިވާ ގޮތުން މިތިން ކުންފުންޏަށް ދޭންޖެހެނީ، 70 އެކްޓަރުގެ ބިންކަމަށް ފަޒުލް ވިދާޅުވިއެވެ. މިގޮތުން 10 ހެކްޓަރުގެ ބިން ދިނުމަށް މިއެއްބަސްވުމުގެ ދަށުން ނިންމާފައިވަނީ ހުޅުމާލެއިންނެވެ. އަދި އަނެއް 60 ހެކްޓަރުގެ ބިން ދިނުމަށް ހަމަޖެހިފައިވަނީ އަލަށް ހިއްކާ ފުށިދިއްގަރުފަޅުންނެވެ.

"އަޅުގަނޑުމެންގެ ކޭޝް ފްލޯއަށް މީގެން ކުރާނެ އަސަރެއް ނެތް. ކުރިއަށް އޮތް ތަނުގައި މި ޕްރޮޖެކްޓްގެ ސަބަބުން އަޅުގަނޑުމެންގެ ކޭޝް ފްލޯއަށް އިތުރު ތިޔާގިކަން ލިބިގެންދާނެ، އިތުރު ލޯނު ނެގުމުގެ ފުރުސަތުތަކެއް ރާއްޖޭން ބޭރުގެ ކުންފުނިތަކަށް އަޅުގަނޑުމެންގެ އެޝުއަރެންސްތަކެއް ލިބިގެން މިދިޔައީ،" ފަޒުލް ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ރަސްމާލެ މަޝްރޫއު އިފްތިތާހުކޮށް، ފުށިދުއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވަނީ އާބަންކޯގެ ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިފައެވެ. އެ މަޝްރޫއު ދައުލަތުގެ ބަޖެޓު ނުހިމަނައި އެ މަޝްރޫއު ފެއްޓުމުގެ އިތުރުން އިއުލާނު ނުކޮށް ހަވާލުކުރުމުގެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވީ ރަސްމާލެ މަޝްރޫއު މިހާރު އެ ވަނީ ފެށިފައި ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ކަމަށެވެ. އަދި މި ފަސް އަހަރު ތެރޭގައި އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިގޮތަށް 8 މަސްތެރޭ ރަސްމާލޭ ބިންހިއްކާ ނިމޭނެ" އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢުއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މި މަޝްރޫޢުއާއި ގުޅިގެން ކުރިމަތިކުރެވުނު ސުވާުލުތަކަށް ޖަވާބު އަރުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު