Wednesday, 22 May 2024

މިމަހުގެ 31 އިން ފެށިގެން ބީއެމްއެލްގެ ބްރާންޗްތައް ބަންދު، ހުޅުވޭނީ ޖެނުއަރީ 2 ގައި

މިމަހުގެ 31 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތައް ބަންދުވާނެ ކަމަށް އެ ބޭންކުން ހާމަކުރައްވައިފިއެވެ.

ބީއެމްއެލުން ވިދާޅުވި ގޮތުގައި، މިމަހުގެ 31 ވާ އާދިއްތަ ދުވަހު ބޭންކުގެ ބްރާންޗްތަކާއި ސެންޓަރުތައް ބަންދުވާނެ ކަމަށާއި އެއަށް ފަހު ދެން ބޭންކު ހުޅުވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

މިމުއްދަތުގައި ބޭންކިންގ ހިދުމަތް ހޯއްދެވުމަށް އިންޓަރނެޓް ބޭންކިންގ އަދި ސެލްފް ސަރވިސް އޭޓީއެމް ބޭނުންކުރެއްވުން ބީއެމްއެލުން ވަނީ އެދިފައެވެ. އަދި ކޮންޓެކްޓް ސެންޓަރގެ ނަންބަރު 3330200 އާއި، ވެބް ޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލުން ވިދާޅުވިއެވެ.

މިފުރުސަތުގައި، އެންމެހައި ކަސްޓަމަރުންނަށް މިފެށޭ އާ އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *