Monday, 07 October 2024

24 ގަޑިއިރު ތެރޭ 3،500 ފޯމު ހަމަކުރާނެ ކަމަށް ވިދާޅުވި، 3 ހަފުތާ ވެގެން ދިޔަ އިރުވެސް ހިލަމެއް ނެތް!

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އުފެއްދުމަށް މަަސައްކަތްކުރައްވަމުން ގެންދަވާ ޕީއެންއެފްއަށް 24 ގަޑިއިރުތެރޭގައި، 3500 ފޯމް ހަމަކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް 3 ހަފުތާއަށްވުރެ ގިނަ ދުވަސްވީއިރުވެސް އެ އަދަދަށް ފޯމު ހަމަ ކުރެވިފައެއް ނުވެއެވެ.

24 ގަޑިއިރު ތެރޭގައި 3،500 ފޯމު ހަމަކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، 21 ދުވަސް ވެގެން ދިޔަ އިރުވެސް މިވާހަކަތައް އެންމެ ބާރަށް ދެއްކެވި، އަދި އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ، ކުރީގެ މިނިސްޓަރ މަލީޙް ޖަމާލު އެއްވެސް ހިލަމެއް ނުވެއެވެ. މިހާރު އޭނާ މުޅިންވެސް ދައްކަވަމުން ގެންދަވަނީ ސަރުކާރާ އިދިކޮޅު ވާހަކަތަކެވެ. ކުރިން ވިދާޅުވަމުން ގެންދެވީ، ޕީއެންއެފް ވާނީ ސަރުކާރަށް އެއްބާރުލުންދޭ ޕާޓީއެއް ކަމުގައެވެ.

 

ޕީއެންއެފް އުފެއްދުމަށް އެންމެ އިސްކޮށް މަސައްކަތްކުރައްވަމުން ގެންދަވާ މަލީހް، މީގެ ދެހަފުތާ ކުރިން ވިދާޅުވެފައިވަނީ، އުޅެނީ އަދަދުގެ މައްސަލައެއް ނޫންކަމަށާއި، އުޅެނީ ފޯމް ކަލެކްޝަންގެ މައްސަލައެއް ކަމަށެވެ. އަދި އީސީއިން އިންޑިކޭޓް ކުރި އޮންލައިން ޕޯޓަލުގެ އެކްސެސް ނުލިބުމަކީ ވެސް އެކަމުގައި ދިމާވި ހުރަހެއް ކަމަށް މަލީހް ވިދާޅުވިއެވެ.

"(އޮންލައިން ޕޯޓަލްގެ އެކްސެސް) ލިބުނުނަމަ، ރާއްޖޭގެ ކޮންމެ ރަށަކުންވެސް އަޕްލޯޑް ކުރެވުނީ. އެއަށް ބޭސްކޮށްފަ 24 ގަޑިއިރުގެ ޓާގެޓް ކަނޑައެޅީ." އެ ވާހަކަތައް ދިފާޢުކުރައްވައި މީގެ 2 ހަފުތާ ކުރިން މަލީހް ވިދާޅުވިއެވެ.

ކުރީގެ ރައީސް  ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައި އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުށަހެޅުއްވީ ރައީސް ޔާމީންގެ ދަރިކަލުން ޒޭންގެ މަސްއޫލުވެރިކަމުގައެވެ. ރައީސް ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ކަމުގެ ލިޔުން އެ ޕާޓީއާ ހަވާލުކޮށްދެއްވީ އީސީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އީސީގެ ރައީސް ފުއާދު ތައުފީގު އެވެ.

ރައީސް ޔާމީން އެންމެ ފަހުން ހުންނެވި ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވާކަން އެމަނިކުފާނުގެ ޓީމުން އިއުލާންކުރީ މި ދިޔަ މަހު ފަހުކޮޅު އިޢުލާން ކުރެއްވިއެވެ. ސިޔާސީ މައިދާނަށް ބަދަލެއް ގެންނާނެ ކަމަށް ބެލެވޭ ޕީއެންއެފްގެ މައުލޫމާތު ހާމަކުރުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ޑރ. މުހައްމަދު ޖަމީލް އާއި އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލްއެވެ.

މަލީހް މީގެކުރިން ވިދާޅުވި ގޮތުގައި ޕީއެންއެފް ވަނީ އެ ޕާޓީ އުފެއްދުމަށް ހުއްދަ ދިނުމާ އެކު ރާއްޖޭގައި އެންމެ އަވަހަށް ރަޖިސްޓްރީ ކުރަން ހުށަހަޅާ ޕާޓީ އަށެވެ. އެހެންނަމަވެސް ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް އަދަދު ހަމަކުރެވުނުކަން ޔަޤީންކޮށްދެއްވާފައެއް ނުވެއެވެ.

ރައީސް ޔާމީން މީގެކުރިން ވަނީ ޕީޕަލްސް އެލަޔަންސްގެ ނަމުގައިވެސް ޕާޓީއެއް އުފައްދަވާފައެވެ. ޕީއެންއެފްގެ ނަމާއި، ކުލަ، ޕީޕަލްސް އެލަޔަންސްގެ ނަމާއި ކުލައާއި ވަރަށް ބޮޑަށް އެއްގޮތެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިހާރު ދެން ކުރީހުރި ޕަވަރެއް ނުހުން ނާނެ ދުވަހަކަށް ވުރެ ދުވަހަކު
    ދާނީ ބަލިކަށި ވަމުން ރައީސް ނަސީދުވެސް އެގޮތައް ތެޅުނު އެއްމެ
    ފަހުން ބަލިކަށިވެ އަމިލައައް ސިއާސީ ދާއިރާއިން ދުރައް ޖެހުނު
    މިހާރު މަލީހު ޖަމާލުމެން ވެސް ޖެހޭނީ ސިއާސީ ކަންކަމުން ދުރައް
    ޖެހިވަޑައި ގަންނަވާން މިހާރު ޑރ މުހައްމަދު މުއީޒުވެސް މަކަރާ ހީލަތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު