Thursday, 20 June 2024

ބުރިޖުގައި ކުޑަ ނަގައިގެން ސައިކަލު ނުދުއްވަން އިލްތިމާސްކޮށްފި

ސިނަމާލެ ބުރިޖު އަދި ހަލިމަގުގައި (ހައިވޭ) ގައި ކުޑަ ނަގައިގެން ސައިކަލު ދުއްވާނަމަ ކުޑަ ވަޔާ ވިއްސައިގެންގޮސް ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ވިދާޅުވީ ސިނަމާލެ ބުރިޖު އަދި ހަލިމަގުގައި ކުޑަ ނަގައިގެން ސައިކަލު ދުއްވާނަމަ ކުޑަ ވަޔާ ވިއްސައިގެންގޮސް ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަަށެވެ.

މީގެ ކުރިންވެސް ވިއްސާރައާ ގުޅިގެން ބުރިޖު މަތީގައި ހާދިސާތައް ހިނގާފައިވާ ކަން ފާހަގަކުރެވެއެވެ.

ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް މިފަދަ ކަންކަމުން ދުރުހެލިވެވުމަށް އެދޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެކެވެ. އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު