16 ފެބުރުވަރީ 2025

އުރީދޫ ފަން ރަން ގެ ހަރަކާތްތައް މިއަދު ހެދުނު ފަށާނީ

ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި މުވާޞަލާތީ ޚިދުމަތް ދެމުން އަންނަ އެއް ކުންފުނި އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ވީކެންޑް މިއަދު ހެނދުނު ފަށާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ފަން ރަންގެ ޕްރޮގްރާމްތައް މިއަދު ފަށާއިރު، ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހާއި، އެންމެ ބޮޑު އަދި އެންމެ އުފާވެރި 5ކޭ ދުވުމުގެ އިތުރުން ރާއްޖޭގެ މަގުބޫލު ފަންނާނުން ހިމެނޭ އުރީދޫ މިއުޒިކް ޝޯ ވެސް ކުރިއަށްދާނެއެވެ.

ރާއްޖޭގަ ބޭއްވޭ އެންމެ ފުރަތަމަ ޑްރޯން ރޭސް ކަމަށްވާ އުރީދޫ ޑްރޯން ރޭސް 2023 ގެ ފައިނަލް އޮންނާނީ ޑިސެމްބަރު މަހުގެ 22 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހެނދުނު 8:00 އިން 11:00 އަށް ކަމަށާއި، ފައިނަލް ރޭހުގައި ދެ ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ބައިވެރިވާނެ ކަމަށާއި، މި ރޭހަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ވާދަކުރާ ރޭހެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގެ ބައިވެރިން ވާދަކޮށް 1ވަނަ 2ވަނަ އަދި 3ވަނަ އަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއްވެސް ވަނީ ހަމަޖެހިފައެވެ.

އުރީދޫ ފަން ރަންއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ އުފާވެރި ދުވުމަށްވާއިރު، މިއީ ހުރިހާ އުމުރެއްގެ އާއިލާތަކަށާއި ރަހުމަތްތެރިންނަށް ވެސް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މަޖާ 5ކޭ ދުވުމެކެވެ. މި ދުވުން އޮންނާނީ 22 ޑިސެމްބަރު 2023 ގައި ހުޅުމާލޭގައި ހަވީރު 3:30 އިން ފެށިގެން 6 އަށެވެ.

މަޖާ 5ކޭ މި ދުވުމުގައި އަލަށް ދުވާ ދުވުންތެރިންނާއި ތަޖުރިބާކާރު ދުވުންތެރިން ވެސް މި އުފަލުގައި ބައިވެރިވެވޭނެއެވެ. ކޮންމެ ކިލޯމީޓަރެއް ނިމުމުން ކުލައާއި ފެނާއި މަޖާ އޮބްސްޓޭކަލްސް ތަކާއި އެކު ތަފާތު ފަން ސްޓޭޝަންތައް ފެންނާނެއެވެ.

މި ދުވުމަކީ ޓައިމް އިވެންޓަކަށް ނުވާތީ، ފިނިޝިން ލައިނަށް ހިނގާލާފަ ޖޮގް ކޮށްލާފަ ނުވަތަ ނަށާލާފަވެސް ކުރުން ފަދަ ކަންކަން ބައިވެރިންނަށް އިޚްތިޔާރު ކުރެވޭނެ ދުވުން ނިންމާލެވޭނެއެވެ. ދުވުން ނިންމާލާއިރު ފޯމް ޕާޓީއަކާއި ފިނިޝަރ މެޑަލް އަކާއި މިއުޒިކް ޝޯއަކާ އެކު 5ކޭ ދުވުން ނިންމާލުމުގެ އުފާ ފާޅުކުރެވޭނެއެވެ.

ފަން ރަން ނިންމާލުމަށް ފަހު އެހެން އަހަރު ތަކެކޭ އެއްފަދައިން އުރީދޫ މިއުޒިކް ޝޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭގނޑު 8:00 ޖަހާއިރު ފެށިގެން ދާނެކަމަށާއި، އަދި މި ޝޯ ގެ އުފަލުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެކަމަށާއި، އުރީދޫ މިއުޒިކް ޝޯ ގައި ވެސް މަގުބޫލު އާޓިސްޓުން ފެނިގެންދާނެކަމަށް އުރީދޫން ބުނެއެވެ. އޭގެ ތެރޭގައި ހަބޭސް ބޮޑުބެރު ގްރޫޕާއި، ޑިޓިއުން އާއި، މީރާ، ޝަމްބެ އަދި އިންމަ ވެސް ފެނިގެންދާނެކަމަށް އުރީދޫން އިން ބުނެއެވެ.

ހަމައެހެންމެ ޑިޖޭ ދީދު އާއި، ޒަކިއްޓެވެސް ބައިވެރިވާއިރު، ޓްރަފިކް ޖާމް ވެސް ފެނިގެންދާނެކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ފަން ރަން ގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށް ބަލައިލެވޭނެކަމަށާއި، ފަން ރަން ގެ އުފާވެރިކަމުގައި ބައިވެރިވުމަށް ހުރިހާ ބޭފުޅުންނަށްވެސް އުރީދުން ދައުވަތު އަރުވާކަމަށް އެކުންފުނިން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު