Saturday, 15 June 2024

މަރުގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒު ނުކުރުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި

މަރުގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒު ނުކުރުމަށް ބައިނަލްއަގުވާމީ ޖަމްއިއްޔާ، ހިއުމަން ރައިޓްސް ވޮޗް އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައިވަނީ، ރާއްޖޭގެ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމުމުން ރާއްޖެ އާއި ރާއްޖޭއިން ބޭރުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމުން، އެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ޖުޑިޝަރީ ކޮރަޕްޓުވުމާއި ސިޔާސީވުމާއި މީގެ ކުރިން ހިންގާފައިވާ ކުށްތަކަށް އިންސާފު ނުހޯދުން ކަމަށް ޖަމިއްޔާއިން ބުނެއެވެ.

އެ ޖަމްއިއްޔާގެ އޭޝިއާ ސަރަހައްދުގެ އެސޯސިއޭޓް ޑިރެކްޓާ ޕެޓްރީޝިއާ ގޮސްމަން ބުނެފައިވަނީ، މި ނިންމުން ވަގުތުން ވަގުތަށް އަނބުރާ ގެންދެވުމަށް ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒުއަށް ގޮވާލާ ކަމަށާއި، އަދި ދުނިޔޭގެ އެހެން ޝަރުއީ ނިޒާމުތަކެކޭ އެއް ގޮތަށް ރާއްޖޭގެ ޝަރުއީ ނިޒާމުންވެސް މި އަނިޔާވެރި އަދަބާ ދެކޮޅަށް ތެދުވުމަށް ގޮވާލާ ކަމަށެވެ.

އިންސާނީ ޙައްޤުތަކުގެ ނަމުގައި މަސައްކަތްކުރަމުންދާ މި ޖަމްޢިއްޔާއިން މިހެން ގޮވާލާފައި މިވަނީ، މަރުގެ ހުކުމް ސަރުކާރުން ތަންފީޒު ކުރާނެ ކަމަށް ހޯމް ލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޢުލާންކުރެއްވުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

ފަލަސްޠީނުގެ ޣައްޒާގެ ޙާލަތު ފެންނަ ކަމަށް ނުވެއެވެ. ޣައްޒާގެ މުސްލިމުންނަށް އަނިޔާކޮށް އިސްރާޢިލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާމެދު ވަކާލާތުކޮށް އަޑުއުފުލާ ތަނެއް ނުފެނެއެވެ. އިންސާނީ ޙައްޤަކީ ވަކި ކަމަކަށް، ވަކި ބަޔަކަށް އޮންނަ އެއްޗަކަށް ވެދެއެވެ.  އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަކީ މިފަދަ ޖަމްޢިއްޔާތަކުގެ މަޤްޞަދުތައް ޙާސިލުކުރުމަށް ދިމާވާނެ ވަރަަށް ބޮޑު ގޮންޖެހުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިއީ ނިދާފައޮވެފަ ވަކިކަންތައްތަކެއްގަ ހޭލެވޭބައެއް އަނެއްބައި ކަންތައްތަކުގަ ދޮރުވެސްތަޅުލައިގެން ނިދާފަތިބޭބައެއް ރައްޔިތުން ބޭނުންވަނީ އިސްލާމުދީނުގައި އަންގަވާފައިވާ ގޮތަށް ކަންކަންކުރަން ޤައުމު ކުރިޔަށް ގެންދެވޭނީ ކީރިތި ޤުރުއާންގައި އަންގަވާފައިވާގޮތަށް ކަންކަންކޮށްގެން ހިއުމަން އަންގާގޮތަށް ކަންކަންކޮށްގެނެއްނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު