Saturday, 15 June 2024

އައްޑޫގައި އިހި ނަގަން މޫދަށް ފޭބި ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

އައްޑޫގައި މޫދަށް ފޭބި ކުއްޖަކު ގެއްލިގެން ހޯދަން ރޭ ފަށައިފިއެވެ. އެ ހާދިސާގައި ގެއްލުނީ ސ. މަރަދޫ، ކުރެންދޫމާގެ މުހައްމަދު ނާއިޝްއެވެ. އޭނާ ގެއްލުނު އިރު ލައިގެން ހުރީ ހުދު ކުލައިގެ ޓީޝާޓެކެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން އުމުރުން 18 އަހަރުގެ ކުއްޖަކު ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބުނީ ރޭ 10:45 ހާއިރުއެވެ.

ހާދިސާ ހިނގި ކަމަށް މައުލޫމާތު ލިބުނު ސަރަހައްދު އެމްއެންޑީއެފާއި އާންމުންގެ ވެސް އެހީތެރިކަމާ އެކު ހޯދަމުން އަންނަ ކަމަށާއި މިހާތަނަށް އޭނާގެ ހަބަރެއް ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިހާތަނަށް ވެސް އޭނާ ފެނިފައި ނުވާތީ އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުތަކުން ވެސް އެ ކުއްޖާ ފެނޭތޯ ބަލައިދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު