Thursday, 20 June 2024
ގިރާވަރުފަޅު

"ގިރާވަރުފަޅު ހިއްކަން، ކުރީ ސަރުކާރުން ނ. އަތޮޅުން 800 ހެކްޓަރުގެ ބިން 99 އަހަރަށް ވިއްކާލި"

ގިރާވަރުފަޅު ހިއްކުމަށްޓަކައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނ. އަތޮޅުން 800 ހެކްޓަރުގެ ބިން ވިއްކާލި ކަމުގެ އަޑުތައް ގަދަވެއްޖެއެވެ. ގިރާވަރު ފަޅު ހިއްކުނަސް ނުހިއްކުނަސް، އެއްވެސް ޝަރުތެއް ނެތި، ނ. އަތޮޅުން 800 ހެކްޓަރުގެ ބިން އޮތީ ކުރީ ސަރުކާރުން ވިއްކާލާފައެވެ. އެކަމަށް ވަކި ޝަރުތެއް ކަނޑައަޅާފައެއް ނެތެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްތައް ކްރޮސް ސަބްސިޑައިޒް ކުރާ އުސޫލުގެ ދަށުން ގިރާވަރުފަޅު ހިއްކައި މީހުން ދިރިއުޅޭނެ ސިޓީއެއް ތަރައްގީކުރާނެ ފަރާތެއް ހޯދަން ކުރީ ސަރުކާރުން އިއުލާން ކުރިއެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތަކުން މަދުވެގެން ފަސް މިލިއަން ޑޮލަރު އެކަމަށް އިންވެސްޓު ކުރަން ޖެހޭނެ ކަމަށްވެސް އެ އިޢުލާންގައި ބުނެފައިވެއެވެ

ކްރޮސް ސަބްސިޑީގެ އުސޫލުން ގިރާވަރު ފަޅު ތަރައްގީކުރަން ކުރީ ސަރުކާރުން މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށެވެ. ގިރާވަރު ފަޅު ތަރައްގީކުރުމަށް ނ. އަތޮޅުގެ ފަޅެއް 339 މިލިއަން ރުފިޔާއަށް ވިއްކާލައިގެން ހޯދާފައިވާ ފައިސާއަކީ ގިރާވަރު ފަޅު މަޝްރޫއުގެ އިކުއިޓީއަށް ބޭނުންވާ ފައިސާގެ ގޮތުގައި ކުރީ ސަރުކާރުން ކަނޑައެޅިއެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދިޔައިރުވެސް  މިމަޝްރޫއު އާ ބެހޭ މާ ބޮޑު ތަފްސީލެއް ކުރީ ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގަައެވެ. މާލޭގެ ރަށްވެހިންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވި ޕްލޭންގައި ގިރާވަރު ފަޅު ހިއްކައި އެތަނުން ގޯތި ދޫކުރުން ހިމެނެއެވެ.

ރައީސް އޮފީހުން އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެހެންނަމަވެސް ހިއްކާނީ ކިހާ ބިމެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އެކަމުގެ މާސްޓަރ ޕްލޭނެއް ހާމަކުރައްވާފައެއް ވެސް ނުވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ގޯތި ދޫކުރުމަށް ގިރާވަރު ފަޅުން 90 ހެކްޓަރުގެ ބިން ހިއްކާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ފަހުކޮޅު ގިރާވަރު ފަޅުން ގޯތި ދޫކުރެވޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް އެ އަމާޒަށް ކުރީ ސަރުކާރުން މަސައްކަތް ކުރައްވާފައެއް ނުވެއެވެ.

ގިރާވަރު ފަޅުން މާލޭ ރައްޔިތުންނަށް 2000 ގޯތި ދިނުމަށް ކުރީ ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ މަސައްކަތް ރިޔާސީ އިންތިހާބަށް ކައިރިވެފައިވަނިކޮށް ވަރަށް ބާރަށް ކުރިއަށް ގެންދިޔައެވެ.

އެކި ގޮތްގޮތަށް އެނގިފައިވާ މަޢުލޫމާތަށް ބަލާއިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގިރާވަރު ފަޅުން 150 ހެކްޓަރު ބިންހިއްކަން ބަދަލެއްގެ ގޮތުގައި ނ. އަތޮޅުން ދެ ހުޅުމާލެ ވަރުގެ ބިޔަ ދެ ފަޅު 99 އަހަރަށް ވިއްކާލިއެވެ. އެއީ ނ. އަތޮޅުގެ ރައްޔިތުންގެ ޙައްޤެކެވެ. ވިއްކާލި އިރުގައި ނ.އަތޮޅު ކައުންސިލްގެ ބަހެއްވެސް ހޯދާފައި ނުވާކަމަށް މަޢުލޫމާތު ލިބެއެވެ.

ގިރާވަރު ފަޅުގެ 150 ހެކްޓަރ ހިއްކާތީ އަގެއްގެ ގޮތުގައި ނ. އަތޮޅުން 800 ހެކްޓަރުގެ ބިން ވިއްކާލުން މިއީ ވިޔަފާރީގެ އުސޫލުން ބެލިއަސް އިންސާފުން ކުރެވުނު ކަމަކަށް ނުފެނެއެވެ. އަދި މިއީ ނ. އަތޮޅުގެ މުސްތަޤްބަލަށް އެޅިގެން ދިޔަ ވަރަށް ބޮޑު ހުރަހެއް ކަމުގައި ޤަބޫލުކުރަންޖެހެއެވެ. ދަރިންގެ ދަރިންނަށް ދާންދެން އެކަމުގެ ޝަކުވާ ކުރާނެ ކަމެކެވެ.

މިކަން މިހެން އޮތުމުން، ރަސްމާލެ ޕްރޮޖެކްޓާ މެދު އެހާ ކަންބޮޑުވެގެން އުޅުއްވާ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނެއެވެ.

ރަސްމާލެ މަޝްރޫޢޫގެ ދަށުން، ފުށިދިއްގަރު ފަޅުން ހިއްކަނީ 1150 ހެކްޓަރު ފުށިދިއްގަރު ފަޅުން ބިންހިއްކައި، ކޮންޓްރެކްޓްކުރެވިފައިވާ ސީއެމްސީއަށް 60 ހެކްޓަރު، އަދި ހުޅުމާލެ އިން 10 ހެކްޓަރ ދޭ ގޮތަށެވެ.
ސީއެމްސީއަށް ދޭ ބިންތައް ވިއްކޭނީވެސް ބޭނުން ކުރެވޭނީވެސް ޤާނޫނާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެތަނުގައި ހަދާފައި އޮންނަ މާސްޓާ ޕްލޭން އާއި އެއްގޮތަށް އެކަމަކަށް ކަނޑައަޅާފައި ހުންނަ ކަންކަމަށް އެކަނި ކަމަށް އާބަންކޯއިން ވަނީ ހާމަކުރައްވާފައެވެ. ރަސްމާލެއިން ސީއެމްސީއަށް ދޫކުރާ 60 ހެކްޓަރުގެ ބަދަލުގައި އާބަންކޯއަށް 1093 ހެކްޓަރު ބިން އެބަ ލިބެއެވެ. އާބަންކޯގެ އެސެޓަށް އާބަންކޯއަށް 1150 ޖަމާވެގެން އެބަދެއެވެ.
ސީއެމްސީއަށް ދޫކުރާ ބިން ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި، ފައިސާ ދައްކާފައި ބިން އަނބުރާ ސަރުކާރަށް ނެގެއެވެ. އެހެންކަމުން، މިޕްރަޖެކްޓަކީ އާބަންކޯ އާއި ދިވެހި ސަރުކާރާ ރައްޔިތުންނަށް ނުހަނު ފައިދާ ބޮޑު ޕްރޮޖެކްޓެއް ކަމުގައި ދެކެމެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ނ. ޢަތޮޅު ފަޅަކާ ހުޅުމާލޭ 10 ހެކްޓަރު އަޅާނުކިޔޭނެ. ހުޅުމާލެއަކީ އެތަނުން ގޯއްޗެއް ލިބުނޭމަ އުފަލުން ރޮވޭރަނެއް. ނ.އަތޮޅު ގޯތިތައްހުރީ އަގެއްނެތް އެއްޗަކަށް ވެފަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު