އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއަކަށް އިމާމު މީހާ ފެންނަގޮތަށް ސްމާރޓް ޓީވީ ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާތަކަށް ޚުޠުބާ ކިޔާ މީހާ ފެންނަ ގޮތަށް ހުރިހ ފަންގިފިލާ އެއްގައި 98 އިންޗި ބޮޑު ސްމާޓް ޓީވީ ސްކްރީން ހަރުކުރާ ގޮތަށް ނިންމަވާފައިވާކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އިސްލާމީ މަރުކަޒުގަ ހުރިހައި ފަންގިފިލާ ތަކަށް އިމާމު/ ޚުޠުބާ ކިޔާ މީހާ ފެންނަ ގޮތައް ހުރިހައި ފަންގިފިލާ އެއްގައި 98 އިންޗި ބޮޑު ސްމާޓް ޓީވީ ސްކްރީން ހަރުކުރާ ގޮތައްވަނީ ނިންމާފަ. އިންޝާ ﷲ ވަރަށް އަވަހަށް މަސައްކަތް ފަށާނެ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 22, 2023
ޑރ. ވިދާޅުވީ، ޓީވީ ހަދިޔާކުރަނީ ހެޔޮއެދޭ ފަރާތަކުން ކަމަށާއި، ޚުޠުބާ ކިޔާ ވަގުތު އިމާމު މީހާ ފެންނަން ހުރުމަކީ ޝައުޤުވެރިކަން ބޮޑުވެ، ޚުޠުބާ އަޑުއަހަން އިތުރު ސަމާލުކަން ދޭނެކަމެއްކަމަށެވެ.
މި ޓީވީތަކުން އިޝާރާތުގެ ބަހުން ސްކްރީނުން ފެންނާނެކަމަށާއި، މިއާއިއެކު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ޚުޠުބާ ބުނެދެވޭނެކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.